މިއަދު ވަނީ ރައީސް މުހައްމަދު މުއިއްޒުގެ މާލީ ބަޔާން އާއްްމުކޮށްފައެވެ. އެ ބަޔާނުނ އެނގޭ ގޮތުގައި އެމަނިކުފާނުގެ އަނބިކަނބަލުންނަށް މިދިޔަ ހަ މަސްދުވަވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ވަނީ 282,927.3 ރުފިޔާ ލިބިފައެވެ.
އެ ބަޔާނުގައިވާ ގޮތުން ރަައީސްގެ އަނބިކަނބަލުންނަށް ތިން ގޮތަކުން ކޮންމެ މަހަކު އާމްދަނީ ލިބެެއެވެ. އެގޮތުން އެކަމަނާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު ހިންގާ ދިމްޔާތު ޕްރައިވެޓް ލިމިޓެޑުންވެސް ކޮންމެ މަހަކު މުސާރަ ލިބިވަޑައިގަންނަވައެވެ.
ފަސްޓް ލޭޑީގެ އެލަވަންސްގެ ގޮތުގައި މިދިޔަ ހަ މަސްތެރޭ ސާޖިދާއަށް ވަނީ 199،999ރ. ލިބިވަޑައިގެންފައިކަން މާލީ ބަޔާނުން ދައްކައެވެ. އަދި ދިމްޔާތު ކުންފުނިން މުސާރައިގެ ގޮތުގައި 78،000ރ. ވަނީ ލިބިވަޑައިގެންފައެވެ. މީގެއިތުރުން ހެލުތު މިނިސްޓްރީގެ ކޮންސަލްޓަންްގެ މުސާރައިގެ ގޮތުގައި ހަ މަސް ތެރޭގައި 4،927ރ. ލިބިވަޑައިގަތްފައިވާކަމަށްވެސް ރައީސް މުއިއްޒުގެ މާލީ ބަޔާނުގައިވެއެވެ.
އޭގެތެރެއިން، މ. ފިގް އިން ލިބުނު ފައިސާއަކީ، އާއިލާގެ ފަރާތުން ހަދިޔާކުރި ފައިސާކަން އެމަނިކުފާނުގެ މާލީ ބަޔާނުގައިވެއެވެ. ރައީސްގެ މިލްކިއްޔާތުގައި 260،000ރ. ކާރެއް ވެސް އެބައޮތެވެ.
ރައީސް މުއިއްޒުގެ ނަމުގައި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީގައި ލޯނެއް އެބައޮތް ކަމަށާއި ބާކީ ދައްކަން ޖެހެނީ 1.3 މިލިއަން ރުފިޔާ ކަމަށް މާލީ ބަޔާނުގައި ވެއެވެ. އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ލޯނެއް ނެތެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;