ads
އަދަދު ނޫހުގެ ނޫސްވެރިން ކަމަށްވާ ލީވާން އާއި ޝަހުޒާން.
ޖަލުގައި ތިބި ނޫސްވެރިން ފާހަގަ ކުރިކަންކަން ތަހުގީގުކުރަނީ: އެޗްްއާރުސީއެމް
ކްރިިނަލްކޯޓުން ނެރުނު ގެގް އޯޑަރާއި ހިލާފުވެގެން ޖަލަށްލާފައި ތިބި ނޫސްވެރިން ޖަލާއި ގުޅޭގޮތުން ފާހަގަކުރި ކަންކަން ތަހުގީގުކުރަން ނިންމާފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމުން) ބުނެފިއެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށް އަދަދު ނޫހުން އުފައްދައިފައިވާ ޑޮކިއުމެންޓްރީގެ މައްސަލާގައި ކްރިމިނަލްކޯޓުން ނެރެފައިވާ އަމުރާ ހިލާފުވިކަމަށް ކަނޑައަޅާ ކޯޓު ހުރުމަތް ކެނޑިކަމަށް ކަނޑައެޅުމަށްފަހު ޖަލަށް ލާފައިވަނީ އެ ނޫހުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރުއެވެ. މި ދެ ނޫސްވެރިން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިމަހުގެ 12 ވަނަ ދުވަހުއެވެ.  

ޖަލުގައި ހުރި ލިވާން އެކަހެރިކޮށް މަރުގެ އަދަދބު ދީފައި ތިބި މީހުން ތިބި ތަނަށް ބަދަލުކޮސް ޒަރޫރީ ތަކެތި ފޮނުވުމަށް ހުރަސް އަޅާކަމަށް މީޑިއާގައި ހަބަރު ވަނީ ފެތުރިފައެވެ. 

އެޗްއާރުސީއެމުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކްރިމިނަލް ކޯޓުން މިމަހު 10 ވަނަ ދުވަހު ނެރުނު އަމުރާ ހިލާފުވުމާ ގުޅިގެން، ބަންދުކޮށް ހުކުމް ތަންފީޒު ކުރަމުންދާ، އަދަދު ނޫހުގެ ދެ ނޫސްވެރިންނާއި، މިހާރު މާލޭގައި ކުރިއަށްދާ މުޒާހަރާތަކުން ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެނެސް ބަންދުކޮށްފައިވާ މީހުންނާ އެ ކޮމިޝަނުން ބައްދަލުކޮށް، އެމީހުންގެ ހާލު ބަލާފައިވާކަމަށެވެ. އަދި އެމީހުން ކިޔާދިން ކަންކަން ތަހުގީގުކުރަން ނިންމާފައިވާކަމަށް އެޗްއާރުސީއެމުން ބުނެއެވެ. 

" ކޮމިޝަނުގެ މި ޒިޔާރަތްތަކުގައި، އެ ފަރާތްތަކުން ފާހަގަކުރި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ތަހުގީގު ކުރަންޖެހޭ ކަންކަން، ކޮމިޝަނުން ތަހުގީގު ކުރުމަށް ވަނީ ނިންމާފައެވެ." އެޗްއާރުސީއެމުން އެކްސްގައި ކުރި ޕޯސްޓުގައިވެއެވެ.

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފް ކުރި ކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާއާއި އެނޫހހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާ އެ މައްސަލައިގެ ޝަރީއަތްތައްވެސް ވަނީ ފަށާފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;