ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރި އީޝާ އަޝްރަފުގެ މައްޗަށް ފުލުހުން ކުރަނީ ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފް ކުރި ކަމުގެ ތުހުމަތެވެ. މި މައްސަލާގައި ފުލުހުންގެ މަރުކަޒަށް ދެ ފަހަރެއްގެ މަތިން ހާޒިރުކޮށްފައިވާއިރު އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލްކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ވަނީ އަމުރު ނެރެފައެވެ. އެގޮތުން އޭނާގެ ޕާސްޕޯޓްވަނީ އެދުވަހުން ފެށިގެން ތިން މަސްްދުވަހުގެ މުއްދަތަށް ވަނީ ހިފަހައްޓާފައެވެ.
އީޝާގެ މައްސަލާގައި ޕީޖީ އޮފީހުން ބުނީ އޭނާއާ މެދު ދައުވާކުރުމާއި ގުޅޭގޮތުން އަދި ވަކި ގޮތެއްް ނުނިންމާކަމަށެވެ. އަދި އިޝާގެ މައްޗަށް ކުރާ ތުހުމަތުގެ ތަހުގީގު އަދިވެސް ކުރިޔަށްދާކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
އީޝާ ވަނީ ދެ ފަހަރެއްގެ މަތިން ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ. އެހެންނަމަވެސް އޭނާގެ ދިފާއުގައި ވާހަކަ ދައްކަން ފުރުސަތަށް އެދުމުންވެސް ފުލުހުން އެ ފުރުސަަތު ދީފައިނުވާކަމަށް އޭނާގެ ގާނޫނީ ވަކީލް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ވިދާޅުވެފައެވެ. އަދި މިކަމުގައި ކަމް ހިގާދިޔަ ހުރިހާ ގޮތުން ސާފުކޮށް ކިޔާދޭން ބޭނުންވާކަމަށް އީޝާ ބުނެފައިވާކަމަށްވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.
ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފް ކުރި ކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާއާއި އެނޫހހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާ އެ މައްސަލައިގެ ޝަރީއަތްތައްވެސް ވަނީ ފަށާފައެވެ.
އަދި މި މައްސަލާގައި ކޯޓުން ނެރުނު އަމުރަކާއި ހިލާފުވިކަމަށް ކަނޑައަޅާ އަދަދު ނޫހުގެ ދެ ނޫސްވެރިންކަމަށްވާ ލީވާންއާއި ޝަހުޒާން އަށް ވަނީ ޖަލު ހުކުމެއް އިއްވާ ޖަލަށް ލާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;