ads
ޔަޒްމީދު
ރައީސްގެ މެންބަރު ޔަޒްމީދު ޖޭއެސްސީން އިސްތިއުފާ ދެއްވައިފި
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސް މުޢިއްޒު އައްޔަންކުރައްވާފައި ހުންނަ މެންބަރު، އަދި ކޮމިޝަންގެ ނާއިބު ރައީސް ޔަޒްމީދު މުހައްމަދު އިސްތިއުފާ ދެއްވައިފިއެވެ.
Advertisement

ޖޭއެސްސީގެ މެންބަރުކަމުން ޔަޒްމީދު އިސްތިއުފާ ދެއްވިކަންވަނީ ކަށަވަރުކުރެވިފަ އެވެ. އެކަމަކު އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ.

ޔަޒްމީދު، ޖޭއެސްސީގެ ނާއިބަކަށް އައްޔަންކުރީ އޮކްޓޫބަރު 23، 2025 ގައެވެ. މި ދިޔަ އަހަރުގެ ކުރީކޮޅު ޔަޒްމީދު ޖޭއެސްސީއަށް އައްޔަން ކުރިއެވެ. ޔަޒްމީދަކީ ޖޭއެސްސީއަށް މި ވެރިކަޔުގައި ރައީސްގެ މެންބަރުގެ ގޮތުގައި އައްޔަން ކުރި ދެވަނަ މީހާއެއެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގައި ޔަޒްމީދުގެ ބޮޑު ދައުރެއް އޮތެވެ.

ޔަޒްމީދު ވަނީ 20 ވަނަ މަޖިލިސް އިންތިޚާބުގައި، ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ވިލިނގިލީ ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;