ads
ޑައިމޯފިން ޓްރެފިކްކުރި ކުށް ސާބިތުވެ އުމުރަށް ޖަލަށްް ލީ މީހާ
ޑައިމޯފިން ޓްރެފިކްކުރި މީހަކު އުމުރަށް ޖަލަށްލާ 1 ލައްކަ ރުފިޔާއިން ޖޫރިމަނާ
ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ މީހަކު އުމުރަށް ޖަލަށް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
Advertisement

މި މައްސަލާގައި ހުކުމް އިއްވާފއިވަނީ ނ. މިލަދޫ / އަލަމާގެ، އަހްމަދު އަބްދުލްހާދީ (43އ) އެވެ. 

އޭނާގެ މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން  ވަނީ 25 އަހަރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް ހުކުމްްކޮށްފައެވެ.  
މި މައްސަލަ ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައި ވަނީ 2022 މާރިޗު 4 ވަނަ ދުވަހުކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 އެޕްރީލް 11 ގައެވެ.

ފުލުހުން ބުނީ މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް، ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުން އަންކަމަށް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;