މި ތާރީހީ ދަތުރުގައި އޮސްޓްރޭލިއާއިން މީހުން ބަލާ ދިޔަ ފުރަތަމަ ފްލައިޓް ރާއްޖެއިން އޮސްޓްރޭލިއާގެ މެލްބަން އަށް ފުރީ މިމަހުގެ 17 ވަނަ ދުވަހުގެ ރެއެވެ. އެ ފްލައިޓް އޮސްޓްރޭލިއާއަށް ދިޔުމަށްފަހު އެނބުރި ރާއްޖެ އައިސްފައިވަނީ މިއަދު އެވެ.
އެ ފްލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އޮސްޓްރޭލިއާއިން ރާއްޖެއައި މޯލްޑިވިއަނުން ރާއްޖެ އައި ފެސިންޖަރެއް
މި ދަތުރުތަކުގައި ބޭނުންކުރަމުން އަންނަނީ މޯލްޑިވިއަންގެ އޭ330 މަރުކާގެ ބޯޓެވެ. އޮސްޓްރޭލިއާ ދަތުރުތައް ފެށުމަށްފަހު މޯލްޑިވިއަނުން ބުނީ މީ ދިވެހިންނަށް ފަހްރުވެރި ވަގުތެއްްކަަމަށެވެ.
މޯލްޑިވިއަންގެ ދަތުރުތައް އޮސްޓްރޭލިއާ ފެށުމަށްފަހު ކޮންމެ ހަފްތާއަކު އެއް ފްލައިޓް އޮންނާނެކަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. އަދި ދަތުރުތަކަށް ޑިމާންޑް އިތުރަވަމުންދާނަމަ ދަތުރު އިތުރުކުރަން ނިންމާފައިވާކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.
އޮސްޓްރޭލިއާއިން ރާއްޖެއައި މޯލްޑިވިއަނުން ރާއްޖެ އައި ފެސިންޖަރުން ވެލާނާ އެއާޕޯޓްގައި
އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ބޭއްވުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާރިޗު މަހުގެ 19 ވަނަދުވަހުއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އެދުވަހުން ފެށިގެން ދެ ގައުމުގެ ދެމެދު އެއާލައިންތަކަށް އެއްވެސް ހުރަހެއް ނެތި ދަތުރުތައް ކުރެވޭނެ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;