ads
ނަޝީދު
ޑީއާރުޕީގެ ދަރަނި ކޭސް ހައިކޯޓުން ބަލައިނުގަތް
ޑީއާރުޕީގެ ދަރަންޏަށް، އެ ޕާޓީގެ ކުރީގެ ލީޑަރު މުޙައްމަދު ނަޝީދު ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން، ހައިކޯޓުގައި އިސްތިއުނާފްކުރުމަށް ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަންނަން އެ ކޯޓުގެ ރަޖިސްޓްރާ ނިންމައިފިއެވެ.
Advertisement

ޑީއާރުޕީން ދައްކަންޖެހޭ ހަތަރު މިލިއަން ރުފިޔާގެ ދަރަނި އެ ޕާޓީގެ ލީޑަރަކަށް އެންމެ ފަހުން ހުންނެވި މުހައްމަދު ނަޝީދު ދައްކަން ޖެހޭނެ ކަމަށް  ހުކުމް ކުރީ އެ ފައިސާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އާމިރު ހިންގި ޕްރޮޑަކްޝަންގެ ދެ ކުންފުންޏަކުން ކުރި ދައުވާއާ ގުޅިގެންނެވެ. އެއީ 2007 ވަނަ އަހަރުން ފެށިގެން 2009 އާ ހަމައަށް ޑީއާރުޕީގެ ބައެއް ހަރަކާތްތައް ވީޑިއޯ ކުރުމާއި އެޑިޓް ކުރުމާއި ސާމާނު ފޯރުކޮށްދީގެން ދީފައިވާ ހިދުމަތްތަކުގެ އަގެވެ.

އެ ފައިސާ ހޯދަން އާމިރުގެ ފަރާތުން ސިވިލް ކޯޓަށް ތަންފީޒީ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، އެ މައްސަލަ ކޯޓުގައި އޮއްވާ މެމްބަރުންގެ އަދަދު ހަމަނުވާތީ ޑީއާރްޕީ ފަހުން ވަނީ އުވާލައިފަ އެވެ.

އެ މައްސަލަ އިސްތިއުނާފް ކުރަން ނަޝީދުގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމީ ސިވިލް ކޯޓުގެ އެ ހުކުމަކީ ނަޝީދުގެ ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމަކަށް ވާއިރު، އެފަދަ ހުކުމްތައް ބާތިލްކުރަން އެ ހުކުމެއް ނެރުނު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު މަދަނީ އިޖުރާއަތުގެ ގާނޫނުން ލިބޭތީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;