ads
ތިން ރައީސުން އެކުގައި ބޭއްްވި ބައްދަލުވުމުގެ ތެރެއިން
ތިން ރައީސުން ސިޓީއެއް ޑިޕްލޮމެޓިކް މިޝަންތަކާއި އެކުވެރި ގައުމުތަކަށް
ކުރީގެ މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ހާއްސަ ސިޓީފުޅެއް، ރާއްޖޭގެ ތަރައްގީގައި ބައިވެރިވާ އެކުވެރި ގައުމުތަކާއި ޑިޕްލޮމެޓިކް މިޝަންތަކަށް މިރޭ ފޮނުވައިފިއެވެ.
Advertisement

ކުރީގެ ތިން ރައީސުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބައްދަލުކުރައްވައި، އެކުގައި މަސައްކަތް ކުރެއްވުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި ފުރަތަމަ ޑީމާންޑެއްގެ ގޮތުން ސަރުކާރަށް ހުށައަޅާފައިވަނީ ޖަލުގައި ތިބި ނޫސްވެރިން ދޫކޮށްލުމާއި ނޫސްވެރިންނަށް ކުރާ ދައުވާތައް ނެގުމަށެވެ. 

ތިން ރައީސުން ފޮނުއްވި ސިޓީގައި އެންމެ ފުރަތަމަ ފާހަގަކުރައްވާފައިވަނީ 10 މެއިގައި ކްރިމިނަލް ކޯޓުން ނެރުނު 'ގެގް' އަމުރުގެ މައްސަލައެވެ. އެ ސިޓީގައި އެ ބޭފުޅުން ވިދާޅުވީ ދިވެހިރާއްޖޭގެ ކޯޓަކުން ނެރުނު 'ގެގް އޯޑަރު" އަކީ މިއީ ރާއްޖޭގެ ޑިމޮކްރެޓިކް ތާރީހުގައި ހިޔާލުފާޅުކުރުން ކޯޓަކުން މިވަރަށް މަނާކުރި ފުރަތަމަ ފަަހަރުކަމަށެވެ.

ކޯޓުން އެ އަމުރުނެރުުތާ ދެ ދުވަސް ފަހުން 'އަދަދު' ގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި، ލީވާން އަލީ ނަސީރު، އެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅާ ޖަލަށްލާފައިވާކަމަށްވެސް އެ ސީޓިގައިވެއެވެ. އެ ނޫސްވެރިން ޖަލަށްލާނ ހުކުމްކުރީ ސިއްރުން ބޭއްވި އަޑުއެހުންތަކެއްގައި ވަކީލަކު އައްޔަންކުރަން އެކަށީގެންވާ ވަގުތު ނުދީކަންވެސް ސިޓީގައިވެއެވެ. އަދި މީ 2008 ގެ ޑިމޮކްރެޓިކް ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން ރާއްޖޭގައި ނޫސްވެރިން ޖަލަށްލީ ފުރަތަމަ ފަހަރުކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. 

މީގެއިތުރުން ގާނޫނުއަސާސީއަށް ގެނައި ބަދަލަކުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި، ސަރުކާރު ހިންގާ ޕާޓީގެ ކޮންޓްރޯލް ދަށުގައި އޮތް މަޖިލިސް މެދުވެރިކޮށްގެން، މިިނިވަން މުއައްސަސާތައް ބަލިކަށިކޮށްލިކަމަށްވެސްް އެ ސީޓިގައިވެއެވެ. އަދި ސަރުކާރު ހިންގާ ޕާޓީގެ ބާރު އޮތް އޮތް މަޖިލީހުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކަށް، ނޫސްވެރިކަން ރެގިއުލޭޓްކުރުމުގެ ނަމުގައި އެ ކޮމިޝަނަށް ގިނަ ބާރުތަކެއްް ދީފައިވާކަަމަށްވެސް އެ ސިޓީގައިވެއެވެ.

އެ ސިޓީ ނިންމާލަމުން އެދިފައިވަނީ ރާއްޖޭގެ ޑިމޮކްރެސީގެ މުސްތަގުބަލަށް އިންވެސްޓްކުރާ ބައިވެރިންގެ ހައިސިއްޔަތުން، ނޫސްވެރިން ދޫކޮށްލުމަށާއި ނޫސްވެރިންނާ ދެކޮޅަށް ހިންގަމުންދާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓާލުމަށް ދިވެހި ސަރުކާރަށް އެ މިޝަންތަކުން ގޮވާލުމަށް އެދޭކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;