ކުރީގެ ރައީސުން ފަށްޓަވާފައިވާ މަސައްކަތަށް އެއްބާރުލުން ދޭން ގަރާރެއް ފާސް ކުރީ އެމްޑީޕީގެ ގައުމީ މަޖިލީހުންނެވެ. އެ ގަރާރު ހުށަހެޅުއްވީ ފައްޔާޒް އިސްމާއިލް އާއި މުހައްމަދު ސަލީމްގެ ފަރާތުންނެވެ.
އެ ގަރާރަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވަނީ ތާއީދުކުރައްވައިފަ އެވެ. އެއަށްފަހު، ގައުމީ މަޖިލީހުގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާގުން އެ ގަރާރު ވަނީ ފާސްކޮށްފަ އެވެ.
ކުރީގެ ތިން ރައީސުން ކަމަށްވާ ޔާމީނާއި މުހައްމަދު ނަޝީދާއި، އިބްރާހީމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވައި އެކުގައި މަސައްކަތް ކުރައްވަން ނިންމަވައި އެއްބަސްވުމަކަށް ވަޑައިގަތީ މި ސަރުކާރުން ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަނެ، ޝަރުއީ ދާއިރާއަށާއި ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;