މިދިޔަ ބުރާސްފަތި ދުވަހު ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހަށިގަނޑު ކަނޑު އަޑީގެ ހޮހަޅައިގެ އެންމެ އެތެރެެއިން ވަނީ ފެނިފައެވެ. އެ ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު އިއްޔެ ނަގާފައިވާއިރު އަނެއް ދެމީހުންގެ ހަށިގަނޑު ނެގުމުގެ މަސައްކަތް މިއަދު ކުރުމަށް ވަނީ ނިންމާފައެވެ.
މި މީހުންގެ މަރުގެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި އިޓަލީން ބަލަން ނިންމާފާއިވާކަމަށް އެ ގައުމުގެ ނޫސްތަކުން ވަނީ ބުނެފައެވެ.
އެގޮތުން އިޓަލީގެ ޕްރޮސިކިއުޓަރުން މިހާރު ވަނީ އިހުމާލުން މީހަކު މަރުވުމުގެ މައްސަލައެއްގެ ގޮތުގައި މި ހާދިސާ ތަހުގީގު ކުރަން ފަށާފައިކަމަށް ނޫސްތަކުން ބުނެއެވެ. އަދި ފަސް މީހުންގެ ހަށިގަނޑު އިޓަލީއަށް ގެންދާނެކަމަށާއި އެ ގައުމަށް ގެންގޮސް އެ މީހުންގެ އޮޓޮޕްސީ ހަދާނެކަމަށް ވެސް އިޓަލީ ސަރުކާރުން ބުނެއެވެ. މީގެ އިތުރުން
އެމީހުން ފީނަން ގޮވައިގެން ނުކުތް 'ޑިއުކް އޮފް ޔޯކް' ސަފާރީގެ މީހުންނާ ސުވާލުކުރާނެކަމަށްވެސް އިޓަލީ ސަރުކާރާއި ހަވަލާދީ ނޫސްތަކުން ބުނެއެވެ.
މި ހަދިސާގައި މަރުވި މީހުން
މިދިޔަ ބުރާސްފަތި ދުވަހު ހިންގި ހާދިސާގައި ގެއްލުނު ފަތުރުވެރިން ހޯދަން މަސައްކަތް ކުރަމުންދިޔަ އެމްއެންޑީއެފްގެ ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވަނީ އިއްޔެ ނިޔާވެފައެވެ. އޭނާ ނިޔާވީ އެމީހުން ހޯދުމަށް މައްޗަށް ނަރައިގެން ގޮސް ބެލިއިރު ކަނޑު އަޑީގައި ހޭނެތިފައި އޮތުމުން ނަގައިގެން ގެނެސް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;