ads
ސްކޭމް އޮޕަރޭޝަން ފްރަންޓިއާގައި ބައިވެރިވާ ގައުމުތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
މި ދެމަހު ސްކޭމްތަކާއި ގުޅިގެން 600 ވުރެ ގިނަ އެކައުންޓް ފްރީޒްކުރި، ގިނައީ ޒުވާނުން
މި ދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ސްކޭމްތަކާއި ގުޅިގެން 600 ވުރެ ގިނަ އެކައުންޓް ފްރީޒްކުރިކަމަށައި ސްކޭޭމްކުރުމުގައި ގިނައީ ޒުވާނުންކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
Advertisement

ސްކޭމްތައް ހުއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ފްރޮންޓިއާ އޮޕަރޭޝަންގެ ތިންވަނަ ބުރަށްފަހު އެކަމުގެ މައުލޫމާތު ހިއްސާކުރަމުން ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މިދިޔަ މާރިޗުމަހުގެ 10 ވަނަ ދުވަހުން ފެށިގެން މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ދިވެހި ފުލުހުންނަށް ސްްކޭމްގެ 349 މައްސަލަ ހުށައެޅުނުކަމަށެވެ. 

މި މައްސަލަތަކުގައި ގެއްލެނު ފައިސާގެ އަދަދު 4.25 މިލިއަން ދިވެވެހި ރުފިޔާއަށް އަރާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ. 

މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހުށައެޅި ސްކޭމް މައްސަލަތަކާއި ގުޅިގެން 664 ބޭންކު އެކަންޓު ފްރީޒުކޮށް މިހާތަނަށް ގެއްލުނު ފައިސާއިން 1.6 މިލިއަން ރުފިޔާ ހޯދިފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަތަކުގައި 574 މީހުންނާއި ސުވާލުކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެނީ 490 ފިރިހެނުންނާއި 84 އަންހެނުންކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަތަކުގައި މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. 

ފުލުހުންގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ދެ މަހު ސްކޭމް ކުރުމުގައި މުޅިންހެން ވެސް އުޅުނީ 19 އަހަރާއި 48 އަހަރާއި ދެމެދުގެ މީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;