އިސްލާމިކް ޔުނިވަސިޓީން އަރަބި ބަހުން ޑިގްރީ ނަގައިގެން، މިދިޔަ ހަފުތާގެ ތެރޭގައި ހަދީޖާ ވަނީ ދަސްވެނިވެ ސެޓްފިކެޓް ހާސިލުކޮށްފައެވެ.
އުމުރުން 79 އަހަތުގެ ހަދީޖާ އެންމެ ފަހު އަރަބި ފިލާވަޅެއް ކިޔެވީ މީގެ 27 އަހަރު ކުރިންނެވެ. އޭރު އަރަބި އުގެނުނަށް ދެކުނު ހުވަފެން ބުރަ މަސައްކަތާއި ހިިތްވަރާއެކު ހަދީޖާ މިވަނީ ހަގީގަތަކަށް ހަދާފައެވެ.
މި ހުވަފެން ހަގީގަތަކަށް ހަދާދިނުމުގައި އޭނާގެ އަތުގައި ހިފައިގެން މިދަތުރު ފެށިީ ފިރިމިހާެއެވެ. އެހެންނަމަވެސް މި އުފަލުގައި ބައިވެރިވާން މިއަދު ފިރިމީހާ ފުނިޔޭގައި ނެތްނަމަވެސް ހަދީޖާ މިވަނީ ފިރިމީހާވެސް އެދުނު އެދުން ފުރިހަމަ ކޮށްފައެވެ.
ހަދީޖާގެ ކިޔެވުން ފެށުނީ 1999 ވަނަ އަހަރު މައުހަދުންނެވެ. އޭގެ ފަހުން 2002 ވަނަ އަހަރު އަރަބި ބަހުގެ ފުރަތަމަ ކޯސް ފުރިހަމަ ކުރިއެވެ. އަދި 2019 ވަނަ އަހަރު އަރަބި ބަހުގެ ލެވެލެ 1 ފުރިހަމަ ކޮށް އޭގެ ފަހުން ހުރިހާ މަރުހަލާތައް ހުރަސްކޮށް މިމަހުގެ 14 ވަނަ ދުވަހު ޑިގްރީގެ ސެޓްފިކެޓް އުފުލާލިއެވެ.
މެދުކެނޑުމެއް ނެތި ފަސް އަހަރު ވާންދެން އަރަބި ބަސް ކިޔަވައި ޑިގްރީ ހާސިލްކޮށް އުނދަގޫ ދަތުރު ނިންމާލުމަށްފަހު ހަދީޖާގެ މިހާރުގެ އުއްމީދަކީ ގުރުއާން ހިތުދަސްކުރުމެވެ.
ހަދީޖާގެ 8 ދަރިން އެބަތިއްބެވެ. އަދި މާމަ ކިޔާ 19 ކުދިިން އެބަތިއްބެވެ. މުނިމާމަ ކިޔާ ހަތް ކުދިން މިހާރު ތިބި ހަދީޖާގެ ހިތްވަރާ މަސައްކަތުން މިއަދު މިވަނީ ކިޔެވުމަށް ވަކި އުމުރެއް ނެތްކަން ސާބިތު ކޮށްދީފައެވެ. އަދި ހިތްވަރާއެކު ކުރާ ކޮންމެ ކަމަކުން ކާމިޔާބު ހާސިލުކުރުމަކީ ކުރެވިދާނެ ވާނެ ކަމެއްކަމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;