ads
ސްޓޭޓް ފާމާގެ ފުރަތަމަ ބޭސްފިހާރަ އައިޖީއެމްއެޗްގައި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، - ފޮޓޯ: ޕީއެސްއެމް
ސްޓޭޓް ފާމާގެ ފުރަތަަމަ ބޭސްފިހާރަ އައިޖީއެމްއެޗްގައި ހުޅުވައިފި
ބޭސް ލިބުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އުފައްދާފައިވާ ސްޓޭޓްފާމާ ކުންފުނީގެ ފުރަތަމަ ބޭސްފިހާރަ ސަރުކާރުގެ މައި ހޮސްޕިޓަލުކަމަށްވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި މިއަދު ހުޅުވައިފި އެވެ.
Advertisement

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކުންފުނީގެ ބޭސް ފިހާރަ، އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދުގައި ހުޅުވައިދެއްވީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރެވެ. 

ސްޓޭޓް ފާމަސީގެ ފުރަތަމަ ފިހާރައިން އާއްމުކޮށް ވިއްކާ ބޭސްތައް ލިބުމާއި ބޭސް ސިޓީތަކަށް ބޭސް ދޫކުރުމާއި ރާއްޖެއިން ނުލިބޭ ބޭސްތައް ބޭރުން ހޯދައި އާއްމުންނަށް ފޯރުކޮށްދިނުމަކީ ވެސް ކުރާނެ ކަމެކެވެ.

އައިޖީއެމްއެޗްގައި ބޭސް ފިހާރައެއް ހުޅުވިއިރު އަންނަ ޖުލައި މަހުން ފެށިގެން އެސްޓީއޯގެ ދަށުން ހިންގަމުންދާ ފާމަސީތައް ސްޓޭޓް ފާމާގެ ދަށަށް ބަދަލު ކުރުމަށް ވަނީ ނިންމާފަ އެވެ. މިކަމަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި އެސްޓީއޯގެ ފާމަސީތަކުގެ ސްޓޮކް ހުރި ނެތްގޮތް ބެލޭނެ ސެންޓަރަލް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ. 

އެގޮތުން ސަރުކާރުގެ ހުރިހާ ފާމަސީއެއްގެ ބޭހުގެ ސްޓޮކް ބެލޭނެ ޑިޖިޓަލް ނިޒާމު މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ގާއިމުކުރުމަށްވެސް ވަނީ ނިންމާފަ އެވެ. ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލު ކުރުމުގެ ގޮތުން ސްޓޭޓް ފާމަސޫޓިކަލްސްއިން ވަނީ، ހޮޓްލައިން ނަންބަރެއްވެސް ތައާރަފްކޮށްފަ އެވެ. ދައުލަތުގެ ބޭސް ކުންފުނިން ތައާރަފްކޮށްފައިވާ ހޮޓްލައިން ނަންބަރަކީ، 1505 އެވެ. މިއީ، 24 ގަޑިއިރު ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ހިދުމަތް ލިބޭ ގޮތަށް ތައާރަފް ކޮށްފައިވާ ނަންބަރެކެވެ.

ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ސްޓޭޓް ފާމާއިން ފަށާފައިވާ މަސައްކަތްތަކުގެ ތެރޭގައި، 1 އޭޕްރީލު 2026 ވަނަ ދުވަހުން ފެށިގެން 24 ގަޑިއިރު ހިދުމަތްދޭ ހޮޓްލައިނެއް ތައާރަފުކުރުމާއި، ސްޓޭޓް ފާމާގެ ޕޯޓަލް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށް ފަސޭހަކަމާއެކު ހިދުމަތަށް އެދެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;