ހެލްތު މިނިސްޓްރީން ބުނީ ދިވެހިންގެ އާއްމު ސިއްހަތު ރައްކާތެރި ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މާލޭ ސަރަހައްދުގައި ޖީ.ޕީ އަދި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުތައް ގާއިމުކުރުމަށް ޓަކައި، ކުރީގެ ތެލެސީމިއާ ސެންޓަރާއި މިހާރު ދަމަނަވެށީގެ ގޮތުގައި ބޭނުން ކުރާ އިމާރާތް މަރާމާތުކޮށް، އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރެއް ތަރައްޤީ ކުރުމަށް ނިންމާފައިވާކަމަށެވެ.
އެހެންކަމުން ދަމަނަވެށި ބަންދުކުރަން ނިންފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. މިހާރު ދަމަނަވެށިން ދޭ ހިދުމަތްތައް އަންނަމަހުގެ އެއްވަނަ ދުވަހުން އިން ފެށިގެން ވަގުތީ ގޮތުން ދިނުމަށް ހަމަޖެހިފައިވަނީ މާފަންނުގައި ޤާއިމުކޮށްފައިވާ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުންކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި ހުޅުމާލެގައި ޤާއިމްކޮށްފައިވާ ޕަބްލިކް ހެލްތު ޔުނިޓާއި ޖީ.ޕީ ކްލިނިކުންވެސް ދަމަނަ ވެށިން ދިން ހިދުމަތްތައް ލިބޭނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;