ads
ހުއްދަނެތި ވިއްކާ ބައެއް ބޭސްތައް
ހުއްދަނެތި ވިއްކާބޭސްތަކުގެ ތެރޭގައި މޫވްއާއި އެކި ބާމުތައް، ނުގަންނަން އެދެފި
ކަމާގުޅޭ އިދާރާގެ އެއްވެސް ހުއްދައެއް ނެތި ރާއްޖެއަށް އެތެރެކޮށްގެން ވިއްކަމުންދާ 21 ބޭހެއްގެ މައުލޫމާތު އާއްމުކޮށް އެ ބޭސްތައް ބޭނުންނުކުރުމަށް މޯލްޑިވިސް ފުޑް އެންޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.
Advertisement

އެ ިއދާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ބޭގާއި ބެހޭ ގަވައިދު ބުނާގޮތުން ރާއްޖެއަށް ބޭސް އިމްޕޯޓްކުރެވޭނީ އެ އޮތޯރިޓީގައި ބޭސް އިމްޕޯޓްކުރާ ފަރާތެއްގެ ގޮތުގައި ރެޖިސްޓްރީކޮށްގެންކަމަށެވެ. އަދި އިމްޕޯޓްކުރާ ބޭސްތަކަކީ ބޭސް ރެޖިސްޓްރީކުރުމުގެ އުސޫލާއި އެއްގޮތަށް ރަޖިސްޓްރީކޮށް އެޕްރޫވްޑް ޑްރަހު ލިސްޓުގައި ހިމެނިފައިވާ ބޭހަކަށް ވާންޖެހޭނެކަމަށެވެ. 

އެހެންނަމަވެސް ބޭސް އެތެރެކުރުމުގެ ހުއްދަނެތް ފަރާތްތަކުން އެކިގޮތްގޮތުން ތަފާތު ވައްތަރުގެ ބެސް ރާއްޖެއަށް އެތެރެކޮށް އެކިއެކި އޮންލައިން ޕްލެޓްފޯމުތަކުގައި އާއި އާދައިގެ ފިހާރަތަކުގައިވެސް ވިއްކަމުން ގެންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެފަދަ ތަކެއްޗަކީ އޭގައި ހިމެނޭ މާއްދާތައް ކަށަވަރުކުރެވިފައިވާ ބާވަތްތަކެއް ނޫންކަމަށްވެސް އެމްއެފްްޑީއޭއިން ބުނެއެވެ. ރެޖިސްޓްރީ ނުކުރާ އެ ފަދަ ބާވަތްތަކަކީ އެއްވެސް ގޮތަކަށް އޭގެ ފެންވަރާއި ރައްކާތެރިކަންވެސް ކަށަވަރުކުރެވިފައިވާ ތަކެތި ނޫންކަމަށްވެސް އެމްއެފްޑީއޭއިން ބުނެއެވެ. އެހެންކަމުން އެ ތަކެތި ރާއްޖެއަށް އެތެރެކޮށް ވިއްކާ އަދި ބޭނުންކުރުމަކީ މަނާކަމެއްކަމަށް އެމްއެފްޑީއޭއިން ބުނެއެވެ. 

" މިފަދަ ގޮތް ނޭގޭ ބޭހާއި ބޭހުގެ ބާވަތްތައް އިމްޕޯޓްކޮށް ވިއްކުމުން އެ ބޭނުންކުރާ ފަރާތްތަކަށް ހީވެސް ނުކުރާފަދަ ބޮޑެތި ސިއްހީ ނުރައްކަލަކާ ކުރިމަތިލާން ޖެހުމަކީ ވަރަށް ގާތުގައި އޮތްކަމެއް." އެމްްއެފްޑީއޭއިން ނެރުނު އިއުލާންގައިވެއެވެ.

އެމްްއެފްޑީއޭއިން ބުނީ އެ އޮތީރިޓީގެ ހުއްދަނެތި ބޭސް އެތެރެކޮށް ވިއްކާ އިސްތިހާރުކުރާ އޮންލައިން ޕްލެޓްފޯމްތައް އަދި އާދައިގެ ފިހާރަތަކަށް ގާނޫގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ބޭނުންވާނަމަ އެ އޮތޯރިޓީގެ ހޮޓްލައިން 7200321 ގުޅާ އޮޅުން ފިލުވަން އެމްްއެފްޑީއޭއިން އެދެއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;