ads
މި ފަހަރު ބޮޑު އީދުގައި، ބޮޑު ޖަމާއަތް 4 ސަރަހައްދެއްގައި
މިއަހަރުގެ ބޮޑު އީދު ނަމާދު، ބޮޑު ޖަމާއަތުގައި މާލޭ ސަރަހައްދުގެ 4 ތަނެއްގައި ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
Advertisement

މިއަހަރުގެ ބޮޑު އީދު ދުވަހަކީ އަންނަ ހަފްތާގެ ބުދަ ދުވެހެވެ. އީދު ނަމާދު ކުރަން ފަށާގަޑިއަކީ ހެނދުނު 7.00 އެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ބޮޑު އީދުގައި މާލޭ ސަރަހައްދުގައި 4 ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑު، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގައެވެ. 

މާލޭ ސަރަހައްދުގައި25 މިސްކިތެއްގައި އީދު ނަމާދުކުރުމަށް ވަނީ ހަމަޖެހިފައެވެ.  

މާލޭގައި އީދު ނަމާދުކުރާ މިސްކިތްތައް

  • އިސްލާމީ މަރުކަޒި
  • ސަލްމާން މިސްކިތް
  • މަސްޖިދުލް ފުރްޤާން
  • މަސްޖިދުއް ނޫރު
  • މަސްޖިދުއް ޝަހީދު އަލީ
  • ތައިބާ މިސްކިތް
  • ދުބުރި މިސްކިތް
  • ފަނޑިޔާރު މިސްކިތް
  • ބަންޑާރަ މިސްކިތް
  • މަސްޖިދު ސަލާޙުއްދީން
  • މަސްޖިދު ޖަލާލުއްދީން
  • މަސްޖިދު އިބްރާހީމް
  • މަސްޖިދު އިސްކަންދަރު
  • މަސްޖިދު ޔޫސުފުލް ބަރުބަރީ
  • ރަން މިސްކިތް
  • ފައިފުހޭ މިސްކިތް
  • މާފަންނު އާ މިސްކިތް

ވިލިގިނލީގައި އީދު ނަމާދުކުރާ މިސްކިތްތައް 

  • މަސްޖިދުއްސަލާމް        

ހުޅުމާލޭ ފޭސްއެކެއްގައި އީދު ނަމާދުކުރާ މިސްކިތްތައް 

  • މަސްޖިދުއް ޝައިހް ޤާސިމް ބިން މުހްއްމަދު އާލް ސާނީ
  • މަސްޖިދު ރަޝީދު
  • މަސްޖިދު އަޒީޒާ މޫސާ
  • މަސްޖިދު އަސްދީގާ
  • މަސްޖިދުލްވާލިދައިނި

ހުޅުމާލޭ ފޭސް ދޭއްގައި އީދު ނަމާދުކުރާ މިސްކިތްތައް

  • މަސްޖިދުލް އީމާން
  • މަސްޖިދު އުސްމާން ބިން އައްފާން    

ވިއްސާރަވުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ އީދު ނަމާދުގެ ބޮޑުޖަމާއަތް ކެންސަލްވެއްޖެނަމަ އީދު ނަމާދު ކުރާނީ މާލެ ސިޓީގެ ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;