ސިޓީތަކާއި ރަށްރަށުގެ އަންހެނުން ކޮމެޓީގެ ރައީސުންނާއި މެމްބަރުން މުސާރަތައް ހަމަޖައްސާ ޕޭ ކޮމިޝަނުން މިއަދު ވަނީ އެލްޖީއޭއަށް ފޮނުވާފައެވެ. އެގޮތުން ސިޓީތަކުގެ އަންހެނުން ކޮމެޓީގެ ރައީސުންގެ މުސާރައަކަށް ކަނޑައަޅާފައިވަނީ މަހަކު 41000 ރުފިޔާއެވެ. ރަށްރަށުގެ އަންހެނުން ކޮމެޓީގެ ރައީސްގެ މުސާރައަކަށް ހަމަޖައްސާފައިވަނީ 21،000 ރުފިޔާއެވެ.
ލޯކަލް ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންގެ މުސާރަ ބޮޑުކުރަން އެދިވަޑައިގެން، ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މި މަހު 11 ގައި ފޮނުއްވި ސިޓީއެއްގައި ކުޑޫ ފޮނުވި ސިޓީގައިވަނީ ކައުންސިލްގެ ރައީސުންނާއި މެމްބަރުންގެ މުސާރަ ބޮޑުކުރުމުގެ މައްސަލަ ކޮމެޓީން ބަލާ ނިންމާދިނުމަށެވެ. އަދި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ހުށަހެޅުއްވީ ކައުންސިލްތަކުގެ އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑުވުމުންކަމަށް ކުޑޫ ވިދާޅުވިއެވެ.
އެގޮތުންް ކައުންސިލްތަކުގެ ރައީސުންގެ މުސާރައަށް ވުރެ ސެކްރެޓަރީ ޖެނެރަލްގެ މުސާރަ ބޮޑުކަމަށާއި ނައިބުރައީސްގެ މުސާރައަށް ވުރެ ކައުންސިލް އެގްޒެކެޓިވްއެއްގެ މުސާރަ ބޮޑުކަމަށް ކުޑޫ ވަނީ ފާހަގަކުރައްވާފައެވެ. ކުޑޫ ވަނީ ކައުންސިލްގެ ރައީސުންނާއި މެމްބަރުންގެ މުސާރައަސް ގެންނަން ފެންނަ ބަދަލުތައްވެސް ހުށައަޅުއްވާފައެވެ.
އެގޮތުން ކައުންސިލްގެ ރައީސަށް މަހަކު 45،000 ރުފިޔާދޭން އެދިފައިވާއިރު ކައުންސިލްގެ ނައިބުރައީސަކަށް ދޭން އެދިފައިވަނީ 35،000 ރުފިޔާއެވެ. މީގެއިތުރުން ކައުންސިލް މެންބަރަކަށް ދޭން ހުށައަޅާފައިވަނީ މަހަކު 25،000 ރުފިޔާއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;