ads
ހެދިކާ ވިއްކުމަށް ބަހައްޓާފައިވާ ޓެންޓެއް---ފޮޓޯ: ފޭސްބުކް
ވިއްކަން ކާބޯތަކެތި ހަދާ ގެތަކަށް މިނިސްޓްރީ މީހުން ވަންނަނީ
ވިޔަފާރިއަށް ކާބޯތަކެތި ހަދާ ގެތަކަށް އޮތޯރިޓީ މީހުން ވަދެ ޗެކުކުރަން ފަށަން ނިންމާފައިވާކަމަަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
Advertisement

އެމްއެފްޑީއޭ އިން ބުނީ އެ އޮތޯރިޓީގައި ދަފުތަރުކޮށްފައިވާ، އަމިއްލަ ދިރިއުޅުމަށް ޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރާގޮތް ބެލުމަށްޓަކައި ސަވެއިލަންސް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

މި އިންސްޕެކްޝަންގައި ބަލާނީ "އަމިއްލަ ދިރިއުޅުމަށް ޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑު"އަށް އަމަލުލުރަމުންދާ މިންވަރުކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ. 

މި އިންސްޕެކްޝަންތައް ކުރިއަށްދާނީ އަންނަ މަހުގެ 05 ވަނަދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ. 

ވީމާ، މި މުއްދަތުގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކުރާ ގޭގެއަށް މި އޮތޯރިޓީގެ އިންސްޕެކްޓަރުން ޒިޔާރަތްކުރާނެކަން ޢާންމުކޮށް އަންގައި އިއުލާން ކުރަމެވެ.

މި ކަމާގުޅޭ އިތުރު މައުލޫމާތު ބޭނުން ފަރާތްތަކުން އެއޮތޯރިޓީގެ  ހޮޓްލައިން ނަންބަރު 7603204 އަދި 3034221 އަށް ގުޅަން އެމްއެފްޑީއޭއިން އިލްތިމާސްކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް