މި މައްސަލައިގައި ދީނާގެ މައްޗަށް ސާބިތުވެފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
މިއަދު ބޭއްވި އަދަބު ކަނޑައެޅުމުގެ މަޖިލީހުގައި ދީނާގެ ފަރާތުން ސިއްހީ މައްސަލަތަކާއި، އެކަނިވެރި މައެއްގެ ގޮތުގައި ތުއްތު ކުދިން ބަލަމުންދާކަން ފާހަގަކޮށް އަދަބު ލުއިކޮށްދިނުމަށާއި ޖޫރިމަނާއަކަށް ނުވަތަ ގޭބަންދަކަށް ބަދަލުކޮށްދިނުމަށް އެދުނެވެ.
ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު ނިންމެވީ އޭނާ ޖަލުގައި ނުބެހެއްޓޭނެ ފަދަ ސިއްހީ ހާލަތެއް އޮތްކަން މެޑިކަލް ލިޔުންތަކުން ސާބިތުނުވާތީ އަދި މިއީ މުޖުތަމައު ފަސާދަވާ ފަދަ ކުށަކަށް ވާތީ ޖަލު އަދަބު ދިނުމަށެވެ. އެގޮތުން އިއްވީ މި ކުށުގެ އަސާސީ އަދަބެވެ.
މި މައްސަލައިގައި ދެން ދައުވާ ލިބުނު ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުގެ މައްޗަށް މީގެ ކުރިން ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ކެއިރެޓްސޫ ކުންފުންޏާ މަސައްކަތްތަކެއް ހަވާލުކުރި މައްސަލައެއްގައި ވެސް ދީނާގެ މައްޗަށް ކޮރަޕްޝަންގެ އެހެން ދައުވާއެއް މިހާރު ވެސް ކޯޓުގައި ކުރިއަށްދެއެވެ.