މި ހިދުމަތުގެ ސަބަބުން މި މާތް އަޅުކަމުގައި އުޅޭ ފަރާތްތަކާއި އާއިލާތަކަށް ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށް ފަސޭހަވެގެންދާނެކަން އުރީދޫ އިން ފާހަގަކުރެ އެވެ. މި އާ ޕެކޭޖުތަކާއެކު، ސައުދީ އަރަބިއްޔާއަށް ގުޅުމަށް ހަތަރު ހަފްތާގެ މުއްދަތަށް 150 މިނެޓާ ހަމައަށް ވާހަކަ ދެއްކޭނެ ޕެކޭޖުތައް ކަސްޓަމަރުންނަށް ހިޔާރުކުރެވޭނެ އެވެ.
މި ޕެކޭޖުތައް ފަރުމާކޮށްފައިވަނީ ހައްޖުގެ އަޅުކަމުގައި އުޅޭ އާއިލާތަކާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށް، އަގުހެޔޮކޮށް ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށްވެސް އުރީދޫ އިން ބުނެފައިވެ އެވެ.
އުރީދޫ އިން ބުނި ގޮތުގައި މި ހުރިހާ ޕެކޭޖެއްގެ މުއްދަތަކީ 4 ހަފްތާ އެވެ. އަދި އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު މި ޕެކޭޖުތައް އެކްޓިވޭޓު ކުރެވޭނެ ކަމަށްވެސް އުރީދޫ އިން ބުނެފައިވެ އެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ ހައްޖުގެ މަތިވެރި އަޅުކަމުގައި ކޮންމެ އަހަރަކުވެސް ރާއްޖެއިން ގިނަ ބަޔަކު ބައިވެރިވާއިރު މި ދަތުރުގައި އާއިލާތަކާއި ގުޅިފައި ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އަދި އުރީދޫއިން ތައާރަފުކުރި ހާއްސަ އައިޑީޑީ އޮފާތަކުގެ ޒަރީއާއިން، އެ ކުންފުނީގެ އަމާޒަކީ މުއާސަލާތީ ހިދުމަތްތައް ފަސޭހަކަމާ އެކު އަގުހެޔޮކޮށް ފޯރުކޮށްދީ، އެންމެ މުހިންމު ދަތުރުގައި ވެސް ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ އާއިލާއާއި ރައްޓެހިންނާ ރައްކާތެރިކަމާ އެކު ގުޅުމަށް އެހީތެރިވެދިނުން ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ މުޖުތަމައުތަކުގެ ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން، އުރީދޫއިން ދަނީ ކަސްޓަމަރުންގެ ދިރިއުޅުން މުއްސަނދިކޮށްދޭ އަދި ފަސޭހަކަމާއެކު ގުޅުން ބަދަހިކޮށްދޭ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.
ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ސީދާ މި ޕެކޭޖުތައް އެކްޓިވޭޓުކޮށް، ޙައްޖު މޫސުމުގެ ދުވަސްތަކުގައި ސައުދީ އަރަބިއްޔާގައި ތިބި އާއިލާތަކާއި ރައްޓެހިންނަށް މެދުކެނޑުމެއްނެތި ގުޅޭނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;