ސިޓީތަކުގެ އަންހެނުން ތަރައްގީއަށް މަސަައްކަތްްކުރާ ކޮމެޓީގެ މުސާރައިގެ ގޮތުގައި މަހަކު 41،000 ރުފިޔާ އަދި ރަށްތަކުގެ އަންހެނުން ކޮމެޓީގެ ރައީސަކަށް މަހަކު 21،000 ރުފިޔާގެ މުސާރައެއް ދިނުމަށް ނިންމާ ޕޭ ކޮމިޝަނުން އިއުލާން ކުރީ އިއްޔެއެވެ.
އެހެންނަމަވެސް އެ ނިންމުން ނިންމިތާ 24 ގަޑިއިރުވެސް ކޮމިޝަން ނިންމުން ބަދަކުކޮށް ސިޓީތަކުވެ އަންހެނުން ކޮމެޓީގެ ރައީސަށް ދޭން ނިންމި 41،000 ރުފީޔާގެ މުސާރަ މިވަނީ 33،000 ރުފިޔާއަށް ކުޑަކޮށްފައެވެ. މީ 8000 ރުފިޔާގެ ދަށްވުމެކެވެ.
ނަމަވެސް ރަށްރަށުގެ އަންހެނުން ކޮމެޓީގެ ރައީސުންގެ މުސާރައަށް ބަދަލެއް ނުގެނެއެވެ.
ސިޓީތަކުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސްގެ އަސާސީ މުސާރައިގެ ގޮތުގައި ކުރިން އޮތީ 33،000 ރުފިޔާއެވެ. އެހެންނަމަވެސް އެ އަދަދު މިހާރުވަނީ 24،500 ތިރިކޮށްފައެވެ. ލިވިން އެލަވަންސްގެ ގޮތުގައި ކަނޑައެޚި 8500 ރުފިޔާ އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
ސިޓީތަކުގެ އަންހެނުން ކޮމެޓީގެ ރައީސުން މުސާރަ ކުޑަކުރިއިރު ސިޓީތަކުގެ މޭޔަރުންނާއި އަންހެނުން ކޮމެޓީގެ ރައީސްކަން ހޯދާފައިވަނީ އިދިކޮޅު އެމްފީޕީގެ މެމްބަރުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;