ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެ މަނިކުފާނަށް އަލީ ޒުބައިރު އާއި އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުން ކަމަށާއި އެއިރުވެސް ޒުބެއިރުގެ ކިބައިން ފެނިގެންދިޔައީ މުރާލިކަމާއި އިހުލާސްތެރިކަމާއި ކަމޭހިތުމާއެކު ކަންކަން ކުރެއްވުމުގެ ރީތި ނަމޫނާއެއް ކަމުގައި އެވެ.
ރައީސްގެ އެ ޕޯސްޓުގައި އިތުރަށް ވިދާޅުވިގޮތުގައި ދިވެހި ދައުލަތަށް ހިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރައްވައިފައިވާ އަލްމަރްހޫމް އަލީ ޒުބައިރުގެ ހިދުމަތުގެ 43 އަހަރާއި 11 މަހަށްވުރެ ދިގުމުއްދަތުގައި، މާލޭގެ މުނިސިޕަލް މަސައްކަތްތަކުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި ކަމުގައި އެވެ.
ގާތް އަހެއްގެ ގޮތުގައި އަބަދުވެސް ހެޔޮއެދިވަޑައިގެން ދެއްވި މަޝްވަރާތަކާއި އެއްބާރުލެއްވުމުގެ ހަނދާން ދުވަހަކުވެސް ނުނެތޭނެ ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައި އެވެ.
ޒުބައިރު އަވަހާރަ ވީ އިރު ހުންނެވީ މާލެ ސިޓީ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ކަމުގެ މަގާމުގައި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;