ޑޭން ޔޫރަޕް ޓީމުންވަނީ މިއަދު ތިން ފޮޓޯ އާއްމުކޮށްފަ އެވެ. އެއީ އިޓަލީގެ ޑައިވަރުން ތާށިވީ ހޮހަޅައަށް ވަންނަ ދޮރު މައްޗެވެ.
ކަނޑު ހޮހަޅައިގެ ތެރޭގައި އިޓަލީގެ ޑައިވަރުންތަކެއް މަރުވި ހާދިސާއާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންގެ ތެރެއިން.. ފޮޓޯ/ ދޭން
މި އޮޕަރޭޝަންގައި ބޭރު މީހުން އައުމުގެ ކުރިން ދިވެހި ސިފައިންގެ އެންމެ ސީނިއާ އެއް ޑައިވަރުވަނީ އެ ސަރަހައްދުގައި ނިޔާވެފަ އެވެ. މި ހާދިސާ ތަހުގީގުކުރަމުން އަންނައިރު، ޑައިވަރުންގެ ކެމެރާތަކުން ލިބޭ މައުލޫމާތުން، ވަރަށް ގިނަ ކަންކަން ސާފުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ޑައިވަރުން މަރުވި ހޮހޮޅަ: ހަތަރު ޑައިވަރުންގެ ހަށިގަނޑު މިރޭ ފަތިހު އިޓަލީއަށް ފޮނުވާލަނީ -- ފޮޓޯ/ ޑޭން ޔޫރަޕް
ޑޭން ޔޫރަޕްގެ ސީއީއޯ ލޯރާ މަރޯނީ އިޓަލީގެ ލަ ރިޕަބްލިކާއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، އިޓަލީގެ ފަސް ޑައިވަރުން މަރުވީ ހޮހަޅައިގެ ތިން ބައިގެ ތެރެއިން ކޮޅު ބެދިފައި އޮތް ތަނުގެ ތެރެއަށް އޮޅިގެން ވަދެވި ކުރިމަތިވި ހާސްކަމުގެ ތެރޭގައި ކަމަށް ބެލެވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ހަތަރު ޑައިވަރުން މަރުވެފައި ތިބީ ދެ ވަނަ ބައިގެ ތެރެއިން ގޮސް ފުރަތަމަ ބަޔަށް ނުކުމެވެން އޮންނަ ހަނި މަގުގެ މަތީގައި އޮންނަ، ހޮހަޅައިގެ ތިން ވަނަ ބައިގެ ތެރޭގަ އެވެ.
އެހެންވެ މަރޯނީ ލަފާކުރައްވަނީ ދެވަނަ ބައިގެ ތެރެއިން ނުކުމެވޭނެ ގޮތެއް ނުފެނިގެން ހާސްކަމުގެ ތެރޭގައި ގޮސް، ތިންވަނަ ބައިގެ ތެރެއަށް ވަދެވުނީ ކަމަށެވެ. އެއީ ކޮޅުބެދިފައި އޮންނަ ބައެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;