ads
ތައިލެންޑް ވެރިރަށް ބޭންގްކޮކް ފޮޓޯ: ތައިލެންޑް ޑިސްކަވަރީ
ވިސާނެތި ތައިލެންޑުގައި މަޑުކުރުން، އެހެން ގައުކުތަކަށް 30 ދުވަސް ދިވެހިންނަށް 15 ދުވަސް
ޗުއްތީއަށާއި ބޭހަށް ގިނަ އަދަދެއްގެ ދިވެހިންދާ ތައިލެންޑު ވިސާ އުސޫލަތަކަށް ގެނައި ބަދަލުން ވިސާއާ ނުލައި އެ ގައުމުގައި ދިވެހީންނަށް ތިބެވޭ މުއްދަތު ކުޑަކޮށްފިއެވެ.
Advertisement

މީގެކުރިން ތައިލެންޑުން އައީ ދިވެހިރާއްޖެ ހިމެނޭހެން 93 ގައުމެއްގެ ރައްޔިތުންނަށް 60 ދުވަހުގެ ވިސާ ފްރީ މުއްދަތެއް ދެމުންނެވެ. 

އެހެންނަމަވެސް މި މަހުގެ ތެރޭގައި ތައިލެންޑުގެ ސަރުކާރުން ފާސްކުރި އާ އުސޫލުގެ ދަށުން ގިނަ ގައުމުތަކަށް ވަނީ  މި މުއްދަތު ވަނީ 30 ދުވަހަށް ކުޑަކޮށްފައެވެ. 

ވިސާ ނެތި ތައިލެންޑުގައި މަޑުކުރަން ބައެއް ގައުމުތަކަށް 30 ދުވަސް ދިން އިރު ރާއްޖެ ވަނީ އެ ލިސްޓުން އުނިކޮށްފައެވެ.  “ވަން ކަންޓްރީ، ވަން ޕްރިވިލެޖް” ނުވަތަ ކޮންމެ ގައުމަކަށްވެސް ވަކި ހާއްސަ އިނާޔަތެއް ދިނުމުގެ މޮޑެލްގެ ދަށުން، ރާއްޖެ ހިމަނާފައިވަނީ އެންމެ ކުރު މުއްދަތު ލިބޭ ކެޓަގަރީގައެވެ. އެހެންކަމުން މި ބަދަލާއިއެކު ދިވެހިންނަށް ދެން ވިސާއާ ނުލައި ތައިލެންޑުގައި ތިބެވޭނީ އެންމެ 15 ދުވަހަށެވެ.

ތައިލެންޑް ސަރުކާރުން މި ބަދަލު ގެނައީ އެ ގައުމުގައި ގަވާއިދާ ހިލާފަށް މަޑުކުރާ މީހުންނާއި، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ މީހުންގެ މައްސަލަތައް އިތުރުވުމާ ގުޅިގެން އެކަންކަން ހުއްޓުވަން އެޅި ފިޔަވަޅުތަކުގެ ތެރެއިންނެވެ. އަދި ކުރިން ދެމުންއައި  60 ދުވަހުގެ ވިސާގެ ނާޖާއިޒު ފައިދާ އޮންލައިން ސްކޭމް ނެޓްވޯކްތައް ހިންގާ ފަރާތްތަކުން   ނަގަމުންދާކަން ކަމަށްވެސް ތައި ސަރުކާރުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;