ads
މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ޑަބްލިއުޑީސީ މެންބަރުން - ފޮޓޯ: ކައުންސިލް
އަންހެނުންގެ ކޮމިޓީގެ މުސާރަ އަނެއްކާވެސް ކުޑަކޮށްފި
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މުސާރަ އަނެއްކާވެސް ކުޑަކޮށްފި އެވެ.
Advertisement

އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ މިދިޔަ ބުދަ ދުވަހު ކަނޑައަޅައި ޕޭ ކޮމިޝަނުން އެންމެ ފުރަތަމަ ފޮނުވި ސާކިއުލާގައިވާ ގޮތުން، ސިޓީތަކުގެ ޑަބްލިއުޑީސީތަކުގެ ރައީސުންގެ މުސާރައަކީ 41،500ރ. އެވެ. އަދި ރަށްރަށުގެ އަންހެނުން ކޮމިޓީގެ ރައީސުންގެ މުސާރައަކީ 21،000 ރުފިޔާއެވެ.

އެ ސާކިއުލާ އާއްމުވުމާއެކު ގިނަ ބަޔަކު އެ އަދަދުތަކަށް ފާޑު ކިޔަން ފެށިއެވެ. ފާޑުކިއުންތަކާ އެކު ޑަބްލިއުޑީސީގެ ސިޓީތަކުގެ ރައީސުންގެ މުސާރަ 33،000ރ.އަށް ކުޑަކުރި އެކެވެ. އެކަމަކު މި ކޮމިޓީތަކުގެ ރަށު ރައީސުންގެ މުސާރައަށް ބަދަލެއް ނުގެނެސް އޮތުމަށް ފަހު، މިއަދު އަނެއްކާވެސް މުސާރައަށް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.

މިފަހަރު ގެނައި ބަދަލަކީ،ސިޓީތަކުގެ އަންހެނުންގެ ކޮމިޓީގެ ރައީސުންނަށް މަހަކު 20،000ރ.  އަދި، ރަށްރަށުގެ އަންހެނުންގެ ކޮމިޓީގެ ރައީސުންނަށް މަހަކު 15،000ރ. އަށް ކުޑަކުރުމެވެ. އަންހެނުންގެ ކޮމިޓީގެ އެހެން މެމްބަރުންގެ މުސާރައަށް މިފަހަރު ވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އެއީ ސިޓީތަކުގެ ޑަބްލިއުޑީސީ މެންބަރުންނަށް 6،000ރ. އަދި ނައިބު ރައީސުންނަށް 7،000ރ. އަދި ރަށްރަށުގެ ޑަބްލިއުޑީސީ މެންބަރުންނަށް 5000ރ. އަދި ނައިބު ރައީސުންނަށް 6000ރ. އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;