ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ޕަސެންޖަރުން ހިދުމަތް ހޯދަނީ
އީދު ބަންދު؛ އެއާޕޯޓުން ފުރާ މީހުން ވަގުތަށް ސަމާލުވުމަށް އެދެފި
ބޮޑު އީދު ބަންދަށް އެއާޕޯޓުން ފުރާ ދަތުރުވެރިން ވަގުތަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން އެދެފި އެވެ.
Advertisement

އެމްއޭސީއެލުން ނެރުނު ދަތުރުވެރިންގެ ސަމާލުގައި ވަނީ މިއަހަރުގެ ބޮޑު އީދު ބަންދާއި ދިމާކޮށް ގިނަ އަދަދެއްގެ ދަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބޭނުން ކުރަމުންދާނެކަމަށް ލަފާކޮށްފަ އެވެ.

އެހެންކަމުން މިއަދުން ފެށިގެން މިމަހުގެ 31 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ވީއައިއޭއިން ފުރާ އެންމެހާ ދަތުރުވެރިން ވެސް ވަގުތަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި އެއާލައިންތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި މި ދުވަސްތަކުގައި ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެއާޕޯޓުގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާނެ ކަމަށްވެސް އެމްއޭސީއެލްއިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;