މިމަހުގެ 14 ވަނަދުވަހު ފީނަން ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ މަރާއި ގުޅިގެންް އިޓަލީ ސަރުކާރުން ވަނީ ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ ހާދިސާ ތަހުގީގުކުރަން ފަށާފައެވެ.
މި ތަހުގީގުގައި އެ ފަސް މީހުންގެ ހަށިގަނޑު އިޓަލީއަށް ގެންގޮސް އެ މީހުންގެ އޮޓޮޕްސީ ހަދާނެކަމަށްވެސް އިޓަލީ ސަރުކާރުން ކުރިންވަނީ ބުނެފައެވެ. އަދި އެމީހުން ފީނަން ގޮވައިގެން ނުކުތް 'ޑިއުކް އޮފް ޔޯކް' ސަފާރީގެ މީހުންނާ ސުވާލުކުރާނެކަމަށްވެސް އިޓަލީން ވަނީ ބުނެފައެވެ.
މި ހަދިސާގައި މަރުވި މީހުން
ވ އަތޮޅުގައި ޑައިވްކުރަނިކޮށް ގެއްލުނު މީހުން
ހަށިތައް އިޓަލީއަށް ގެންދިޔުން
މި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު އެމީހުން ފީނަށްދިޔަ ހޮހަޅައިގެ ދޮރުމަތިން ނަގާފައިވަނީ މި ހާދިސާ ހިނގި ދުވަހުއެވެ. ބާކީ ތިބި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ކަނޑު އަޑިން ނެގީ މިމަހުގެ 19 ވަނަދުވަހުއެވެ. ބާކީ ތިބި ދެ މީހުންގެ ހަށިގނޑު ނެގީ ޖެހިގެން އައި ދުވަހުއެވެ. މި ހަތަރު މީހުންގެ ހަށިގަނޑުވެސް ފެނިފައިވަނީ ތިން ބަޔަށް އިންނަ މި ހޮހޮޅައިގެ އެންމެ އެތެރެ ބައިންނެވެ.
މި ހާދިސާގައި މަރުވި 5 މީހުންގެ ހަށިގަނޑުތައް މިއަދު ވަނީ އިޓަލީއަށް ފުރުވާލާފައެވެ. އިޓަލީ ސަރުކާރުން ވަނީ މި 5 މީހުންގެވެސް އޮޓަޕްސީ ހަދަން ނިންްމާފައެވެ. ދިވެހި ސަރުކާރުންވެސް ވަނީ އެ މީހުން އޮޓަޕްސީ ހަދާނަމަ އެ ރިޕޯޓް ދިވެހި ސަރުކާރާއި ހިއްސާކުރަން އެދިފައެވެ.
ވ. ދެވަނަ ކަނޑު ހޮހަަޅައިގެ ތެރެއަށް ފީނަނިކޮށް މަރުވި އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޯދަން ޑޭން ޔޫރަޕްގެ ތަޖުރިބާކާރުން ފީނަނީ - ފޮޓޯ: ޑޭން ޔޫރަޕް
ޑައިވަރުންގެ ގެންގުޅު ތަކެތި އިޓަލީން ހިފަހެއްޓުން
މި ހާދީސާގައި މަރުވި މީހުންގެ ހަށިތައް ނެގުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ އޮޕަރޭޝަން ނިންމާލިކަން ހާމަކޮށްފައެވެ. އެދުވަހު ތަޖުރިބާކާރު ފިންލޭންޑްގެ ޑައިވަރުންގެ ޓީމު ވަނީ މަރުވި ޑައިވަރުން ބޭނުންކުރިކަމަށް ބެލެވޭ ތަކެއްޗާއި އޮޕަރޭޝަންގައި ގެންގުޅުނު ތަކެތި ކަނޑުގެ އެ ފުނުން ނަގާފައެވެ. އަދި އެކޭވްގެ ބައެއް މަންޒަރުތައްވެސް އެމީހުން ވަނީ ނަގާފައެވެ.
މަރުވި ޑައިވަރުން ގެންގުޅުނު ތަކެތި މިވަގުތު ހުރީ ދިވެހި ތަހުގީގު ޓީމުގެ އަތުގައެވެ. އެހެންނަމަވެސް އެތަކެތި އިޓަލީގެ ތަހުގީގުތަކުން ބަލަން އެތަކެތި ހޯދަން ވަނީ އެދިފައެވެ. އޭގެތެރޭގައި މަރުވި ޑައިވަރުންގެ ހަށިގަނޑުގައި ހަރުކޮށްފައި ހުރި ގޯޕްރޯ ކެމެރާތަކާއި، ޑައިވިން އެހެން އާލާތްތައް ހިމެނެެއެވެ.
މީގެއިތުރުން މަރުވި ޑައިވަރުންގެ މޮބައިލް ފޯނުތަކާއި، ކޮމްޕިއުޓަރުތަކާއި، ޓެބްލެޓްތަކުގެ އިތުރުން ޔޫއެސްބީ ޑްރައިވްތަކާއި ހާޑް ޑްރައިވްތައް ވަނީ މިހާރު އިޓަލީއަށް ގެންގޮސް ތަހުގީގު ޓީމުތަކާއި ހަވާލުކޮށްފައެވެ. މިތަކެތި އިޓަލީއަށް ގެންދިޔައީ މަރުވި ޑައިވަރުން ދަތުރުކުރި "ޑިއުކް އޮފް ޔޯކް" ސަފާރީގައި ދަތުރުކުރި އިޓަލީގެ ޔުނިވާސިޓީ އޮފް ޖެނޯއާގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ ސްޓެފަނޯ ވަނީންއެވެ.
ހޮހަޅައިގެ ދެވަނަ ބަޔަށް އަލިކަމެއް ނުވޭ، މަޑުވެލިގަނޑު ކިސަޑުވުމުން ފެނުން ނުސާފުވެ ދުރު ގެއްލޭ - ފޮޓޯ: ޑޭން ޔޫރަޕް
" ދެކުނު ކަނޑު " ހޮހަޅައިގެ ކުޑަވަރެއްގެ ތަސްވީރެއް
ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރިޔަށްގެންދިޔަ ޑައިވަރުންގެ ރައްކާތެރިކަމާ ގުޅޭ ކަންކަން ބަލަހައްޓާ އެމެރިކާގެ އަމިއްލަ ބޮޑު ޖަމިއްޔާ ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) އިން ވަނީ މި ހޮހަޅަ ހުންނަ ގޮތުގެ ކޮންްމެވެސް ވަރެއްގެ މައުލޫމާތު އެމީހުންގެ ރިޕޯޓްގައި މިހާރު ހިމަނާފައެވެ.
އެގޮތުން އެ ހޮހަޅައިގެ ފުރަތަމަ އޮންނަ ބަޔަށް ވަންނަ ފަސޭހަކަމަށާއި އެ ބަޔަކީ ވަރަށްވެސް ބޮޑު ހޮހަޅައެއްކަމަށް ބުނެފައިވެއެވެ. އެހިސާބުން ޓަނަލެއްގެ ތެރެއިން ގޮސް ހޮހަޅައިގެ އަނެއް ބަޔަށް ވަދަވެއެވެ. އެތަނަކީވެސް ބޮޑު ބައެއްކަމަށް ޑެންގެ ރިޕޯޓްގައިވެއެވެ. އެހެންނަމަވެސް ދެވަނަ ބަޔަށް ވަނުމާއި އެކު އެތަނަކީ ދުނިޔޭގެ އަލިކަން އެއްގޮތަކަށްވެސް ލިބޭ ތަނެއް ނޫންކަމަށް ބުނެފައިވެއެވެ. އަދި އެތަނުގައި އޮންނަ މަޑު ފަސްގަނޑުގެ ސަބަބުން ކިރިޔާވެސް ކަމެއް ދިމާވެއްޖެނަމަ ހިސާބުގަނޑު ކިލަނބުވެ ފެންނަ މިންވަރު ގެއްލި ނުސާފުވެގެންދާނެކަން ޑެންގެ ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.
ޑައިވަރުން ވަން ކޭވް އޮންނަ ގޮތްކަމަށް ފެންނަ ކުރެހުމެއް - ފޮޓޯ: އިޓަލީ ނޫހެއްކަމަށްވާ ލަ ރިޕަބްލިކާ
ޑައިވަރުން މަރުވިކަމަށް މިހާތަނަށް ބުނާ ސަބަބު
މި ހާދިސާގައި މަރުވި ޑައިވަރުންނަށް ދިމާވި ކަންކަން އަދި ޔަގީން ނުވިނަމަވެސް އެމީހުން މަރުވިކަމަށް ބެލެވެނީ ކޮޅު ބެދިފައިވާ ހޮހަޅައަށް އަލިކަން ނުލިބި ނުކުންނަން ވީ މަގު ސާފުނުވުންކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެހެންނަމަވެސް ގެއްލުނު ޑައިވަރުން ހޯދުމާއި އެމީހުންގެ ހަށިގަނޑު ނެގުމުގައި މަސައްކަތް ކުރި ޑެންގެ ރިޕޯޓްގައިވަނީ މަރުވި ޑައިވަރުންގެ އާއިލާތަކަށް އިހްތިރާމްކުރުމުގެ ގޮތުން ޑައިވަރުން މަރުވި ގޮތާއި މެދު ޔަގީން ނުވާ އެއްވެސް ވާހަކަތައް މިވަގުތު ނުފެތުރަމަށް އެދިފައެވެ. ސަބަބަކީ އެ މައްސަލަ ކަމާއި ބެހޭ އިދާރާތަކުން ތަހުގީގުކުރަމުން އަންނާތީއެވެ.
ވ. ދެވަނަ ކަނޑު ހޮހަަޅައިގެ ތެރެއަށް ފީނަނިކޮށް މަރުވި އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޯދަން ފީނި ޑޭން ޔޫރަޕްގެ ތަޖުރިބާކާރު ތިން ޑައިވަރުން - ފޮޓޯ: ޑޭން ޔޫރަޕް
ރައްކާތެރި ސަމާލުވުމަށް ޑެންގެ އިރުޝާދު
މަރުވި ޑައިވަރުން ވަން ހޮހަޅައަކީ ކަނޑުގެ 60 މީޓަރު އަޑީގައި ހުރިތަނެކެވެ. އެ ހޮހަޅައިގެން ދިގިމުނުގައި 260 ފޫޓް ހުރިކަމަށް ގައުމީ ދިފާއީ ބާރުގެ ޑައިވަރުންގެ ޓީމުން ވަނީ ބުނެފައެވެ.
ޑެންގެ ރިޕޯޓް ނިންމާލަމުން އެމީހުންވެސްް އެދިފައިވަނީ އެކަށީގެންވާ ހުއްދައެއް ނެތި އެފަދަ ހޮހަޅަތަކަށް ނުވަނުމަށް އިލްތިމާސްކޮށްފައެވެ. އަދި ހޮހަޅަ ފަދަ ތަންތަނަށް ޑައިވްކުރަންޖެހޭ ހާއްސަ ތަމުރީނުތަކާއި އެކަށީގެންވާ ސާމާނުތައް ނެތި އެފަދަ ހޮހަޅަަތަކަށް ނުވަނުމަށްވެސް ޑޭން އިން ވަނީ އިލްތިމާސްކޮށްފައެވެ.
" ހޮހަޅަ ޑައިވިން މާހައުލުތަކީ އޭގޭ ޒާތުގައި ނުރައްކާތެރި މާހައުލުތަކަށްވާއިރު އެފަދަ ތަންތަނަށް ދާން ޖެހޭނީ ތަމްރީނު ލިބިފައިވާ އަދި އެކަށީގެންވާ ސާމާނުތައް ހުރި ބޭނުންކުރަން އެނގޭ ޑައިވަރުން" ޑެންގެ ރިޕޯޓް ނިންމާލަމުން ބުނެފައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;