ads
ރ. ދުވާފަރުގައި ތިބި އެމްޑީޕީގެ މެންބަރުންނާ ނަޝީދު ބައްދަލުކުރައްވަނީ
އެމްޑީޕީ މެމްބަރުން އެމަނިކުފާނު ކިބައިން މާއާފަށް އެދެން ނަޝީދު އެދިވަޑައިގެންފި
އެމްޑީޕީގެ މެމްބަރުން އެއމަނިކިފާނުގެ އަރުހުން މައާފަށް އެދެންޖެހޭކަމަށް އެޕާޓީގެ ޗެއާޕާސަން އަށް ވާދަކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް ނަޝީދު މިހެން ވިދާޅުވީ ރ. ދުވާފަރުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެ ރަށު އެމްޑީޕީ މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ބައްދަލުވުމުގައި ބައިވެރި އެމްޑީޕީ މެމްބަރަކުވަނީ ރައީސް ނަޝީދު އެމްޑީޕީން ވަކިވެޑައިގަތުމުން އެކަމާއި ދެރަވިކަމަށް ބުނެފައެވެ. އަދި އެކަމުގެ ސަބަބުން އެމްޑީޕީއަށް ގެއްލުންތަކެއްް ލިބުނުކަމަށާއި އެއީ ނަޝީދަށް ހެއްދެވުނު ގޯހެއްކަމަށް ބަލާ މެމްބަރުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަން ފެންނަކަމަށް އެމީހާ ވަނީ ބުނެފައެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވަނީ އެމަނިކުފާނު އެމްޑީޕީން ވަކިވި ސަބަބުތައް ވިދާޅުވެފައެވެ. އެގޮތުން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް، އެމަނިކުފާނާއި ވާހަކަ ނުދައްކަވާކަމަށް ވިދާޅުވިއެވެ.  

" ސުވާލު ކުރީމަ އަޅުގަނޑަށް ޖެހޭނީ ޖަވާބުދޭން. 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑުމެންނަށް 65 ލިބުނީ. އެ އަހަރު ނިމުނުއިރު ރައީސް ސާލިހު އަޅުގަނޑަކާ ދެން ވާހަކައެއް ނުދައްކާ،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ޕާޓީން ވަކިވި ސަބަބުތަކުގެ ތެރޭގައި އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާ ރަނގަޅަށް ނުބެލުމުގެ އިތުރުން އެމަނިކުފާނާއި ގާތްމީހުން ޕާޓީން ވަކިކުރަން އުޅުނުކަންވެސް ނަޝީދު ފާހަގަކުރެއްވިއެވެ. 

" ދެން އޭގެ ފަހުން އަޅުގަނޑު މަރާލަން ވެގެން ތިން ތަނުގައި ބޮން ބަހައްޓައިގެން އައިސް ކޮންމެވެސް އެއްތަނެއްގައި ގޮއްވާލެވުނީ . ދެން އެ ތަހުގީގުތައް ހިނގި ގޮތް.... އެންމެ ފަހުން ހަސަން ލަތީފާއި އީވާ އާއި އިލްޔާސް ލަބީބު އާއި ވައްޑެ ވަކިކުރަން. އޭރު އާޒިމް ވަކިކޮށްފި. ވަކިކުރަން ފިޔަވަޅު އަޅާ ކޮމިޓީއަށް ލާފަ އޮތީމަ ލަދެއް އަޅުގަނޑުގެ ހުރިއްޔާ އަޅުގަނޑު ދާނެތާ އެ ހިސާބުން." ދުވާފަރުގައި ސަޕޯޓަރުންނާއި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ނަޝީދު ވަނީ އެމަނިކުފާނު ގޯސްކަން ކަންކަން ކޮށްފައިވާކަމަށް ވިދާޅުވެ އެމްޑީޕީގެ މެމްބަރުންގެ ކިބައިން މައާފަށް އެދިފައެވެ. އެހެންނަމަވެސް އެމްޑީޕީގެ މެމްބަރުންވެސް އެމަނިކިފާނު ކިބައިން މައާފަށް އެދެންޖެހޭކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް ސަބަބެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ. 

"އަޅުގަނޑުވެސް ގޯސް ކަންތައް ކުރީ. އެކަމަކު ތިބޭފުޅުންވެސް އަޅުގަނޑަށް މައާފަށް އެދެން އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ތިބޭފުޅުން އަޅުގަނޑަށް މައާފަށް އެދެން. ހަމަ އަޅުގަނޑު ވެސް އެދެފިން. އަޅުގަނޑު އެދެފިން،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ފޯރި ވަނީ ވަރަށް ވަރުގަފަވެފައެވެ. މި އިންތިހާބު އޮންނާނީ އަންނަމަހުގެ 12  ވަނަދުވަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;