ads
ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން ކުރިއަށްގެންދިޔަ އަޕްގްރޭޑިންގ މަސައްކަތުގެ ތެރެއިން
މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ
މާލެ އާއި ހުޅުމާލެ އިން އެއްކޮށް ދެންމެ ކަރަންޓު ކެނޑިއްޖެ އެވެ.
Advertisement

މިވަގުތު މާލެ އާއި ހުޅުމާލޭގެ ދެ ފިޔަވަހީގައި ވެސް ކަރަންޓު ނެތް ކަމަށް އެ ސަރަހައްދުތަކުގައި ދިރިއުޅެމުން އަންނަ ރައްޔިތުން ދަނީ ބުނަމުންނެވެ. 

"ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ދެނަގަނެ، ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން،" ސްޓެލްކޯއިން ބުނެފައިވެ އެވެ.

މާލެ އާއި ހުޅުމާލެ އިން އެއްކޮށް ކުއްލި ގޮތަކަށް ކަރަންޓު ކެނޑުނުއިރު ހުޅުމާލެ 1 ގައި ހުންނަ 50 މެގަވޮޓްގެ އާ އިންޖީނުގޭގައި މުހިންމު މަސައްކަތެއް ކުރުމަށް އެ ތަނުގެ އިންޖީނުތައް މިއަދު ހެނދުނު ނިއްވައިލި އެވެ. 

އެ ކުންފުނިން ހެނދުނު ބުނީ، މި އަޕްގްރޭޑިން މަސައްކަތުގެ ފުރަތަމަ މަރުހަލާ މިއަދު ނިންމާލެވިފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީހެއް ކަނޑައެޅުމަށް ފަހު ދުރާލާ އެކަން ކަސްޓަމަރުންނަށް އަންގާނެ ކަމަށެވެ.

އެ މަސައްކަތް ސްޓެލްކޯއިން ފެށީ ރޭ ދަންވަރު 03:00 ގަ އެވެ. އަދި އެ މަސައްކަތް ނިންމާލީ މިއަދު ހެނދުނު 08:00 ގައި ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;