ads
ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ނިންމާ 63 ބައިވެރިޔަކު ދަސްވެނިވެނިވުން
ވަތަނީ ހިދުމަތުގެ ފަންނީ ޕްރޮގުރާމުން 63 ބައިވެރިޔަކު ދަސްވެނިވެއްޖެ
ހަ ކޯހުގެ ފަންނީ ތަމްރީނަށް ފަހު، ވަތަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ 63 ޒުވާނުން މިއަދު ދަސްވެނިވެއްޖެއެވެ.
Advertisement

މިއީ ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމެކެވެ.

ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި އެ ފަންނީ ތަމްރީނުގައި ބައިވެރިވެފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހު ދަސްވެނިވި ޓްރެއިނިންގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ ތެރެއިން އެކަމަށް ޝައުޤުވެރިކަން ފާޅުކުރި ޒުވާނުންވެ.

އެގޮތުން މި ޕްރޮގްރާމު ފުރިހަމަކުރި ދަރިވަރުންނަށް ލެވެލް 3 ގެ ސެޓްފިކެޓް ދީފައިވެ އެވެ. ބައިވެރިންނަށް މިއަދު ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ޑިފެންސް މިނިސްޓަރު ހުސައިން ރަޝީދެވެ.

ފަންނީ ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ބ. ކިހާދޫގައި ހުންނަ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގައެ ވެ. ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި މައިގަނޑު ހަ ދާއިރާއަކުން ދަރިވަރުން ތަމްރީނުކޮށްފައުވެ އެވެ.

އޭގެ ތެރޭގައި އިލެކްޓްރިޝަން، އޮޓޯމޮބައިލް އިންޖިނިއަރިން، މެރިން އިންޖިނިއަރިން، ރެފް އެންޑް އޭސީ، އޮފީސް މެނޭޖްމެންޓް އަދި ބިލްޑިން އެންޑް ފެބްރިކޭޝަން ހިމެނެ އެވެ.

ދިވެހި ވަތަނީ ހިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން އަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެއްވި އިފުތިތާހީ ތަގުރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ގައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބެވެ. 

އަދި، އެއީ ޒުވާނުން ތަރައްގީކޮށް، ޒުވާނުން ބާރުވެރިކޮށް، ގައުމަށް ފައިދާ ހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަހުލާގާއި ސުލޫކާއި ހުނަރު އަށަގެންނެވުމުގެ ސިޔާސަތެކެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ފުރަތަމަ ބުރުގެ 344 ބައިވެރިން ތަމްރީނުތައް ފުރިހަމަކޮށް ދަސްވެނިވީ މިދިޔަ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހު އެވެ. އަދި ވަތަނީ ހިދުމަތުގެ ދެވަނަ ބެޗުގެ 344 ބައިވެރިން ދަސްވެނިވީ މިދިޔަ އާދިއްޔަ ދުވަހު އެވެ. ދެވަނަ ބުރުގެ 80 ބައިވެރިން ފަންނީ ތަމްރީނުތަކުގައި ބައިވެރިވާނެކަމަށް ދިފާއީ އަދި ވަޠަނީ ހިދުމަތާ ބެހޭ ވުޒާރާއިން ބުންޏެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;