ads
މާލެއާއި ހުޅުމާލެ އިން ކަރަންޓުކެނޑި ދިމާވި މައްސަލަ ދެނެގަނެ، ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޭން ފަށައިފި
މާލެއާއި ހުޅުމާލޭގެ އެކި ހިސާބުތަކަށް ކަރަންޓު ދޭން ފަށައިފި
މާލެއާއި ހުޅުމާލެ އިން ކަރަންޓުކެނޑި ދިމާވި މައްސަލަ ދެނެގަނެ، ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޭން ފަށައިފި އެވެ.
Advertisement

މުޅި މާލެއާއި ހުޅުމާލެއިން އެއްފަހަރާ ކަރަންޓު ކެނޑުނީ މިއަދު މެންދުރު 12:00 އެހާކަންހާއިރެވެ.

އޭގެ ގަޑިއެއްހާއިރު ފަހުން ސްޓެލްކޯއިން ބުނީ، ހުޅުމާލެއާއި މާލޭގެ އިންޖީނުތައް ހިންގަމުން، އެކި ހިސާބުތަކަށް ކަރަންޓު ދެމުން އަންނަ ކަމަށެވެ. އެކަމަކު، އަދިވެސް ބޮޑު ބަޔަކަށް ކަރަންޓު ނުލިބޭކަން ފާހަގަކޮށްލެވެއެވެ.

ސްޓެލްކޯއިން ވަކި އެއްޗެއް ނުބުނާތީ ކަރަންޓު ކެނޑުނީ ކީއްވެ ކަމެއް ނޭނގެއެވެ.

މާލެ އާއި ހުޅުމާލެ އިން އެއްކޮށް ކުއްލި ގޮތަކަށް ކަރަންޓު ކެނޑުނުއިރު ހުޅުމާލެ 1 ގައި ހުންނަ 50 މެގަވޮޓްގެ އާ އިންޖީނުގޭގައި މުހިންމު މަސައްކަތެއް ކުރުމަށް އެ ތަނުގެ އިންޖީނުތައް މިއަދު ހެނދުނު ނިއްވައިލި އެވެ. 

އެ ކުންފުނިން ހެނދުނު ބުނީ، މި އަޕްގްރޭޑިން މަސައްކަތުގެ ފުރަތަމަ މަރުހަލާ މިއަދު ނިންމާލެވިފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީހެއް ކަނޑައެޅުމަށް ފަހު ދުރާލާ އެކަން ކަސްޓަމަރުންނަށް އަންގާނެ ކަމަށެވެ.

މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކުން ދޭތެރެދޭތެރެއިން ކަރަންޓް ކެނޑެ އެވެ. ހާއްސަކޮށް ހުޅުމާލޭގެ ހިޔާ ސަރަހައްދެވެ. އެކަމަކު މިގޮތަށް މާލެ އާއި ހުޅުމާލެއިން އެއްފަހަރާ ކަރަންޓް ދިއުމަކީ، މީގެ ބޮޑު ކަމަށް ބަލާއިރު، އާދައިގެ މައްސަލައެއް ކަމަކަށް ނުފެނެ އެވެ.


 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;