ads
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް އަބްދުލް މަޖީދު އަލީ ވަނީ ހަމަޖައްސާފައި -- ފޮޓޯ: ޕެންޝަން އޮފީސް
ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް މަޖީދު
ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް އެތަނުގެ ބޯޑް މެންބަރަށް ހުންނެވި އަބްދުލް މަޖީދު އަލީ ހަމަޖައްސައިފި އެވެ.
Advertisement

މަޖީދު ވަނީ ވޭލްސްގެ ކާޑިފް ޔުނިވާސިޓީ އިން "މާސްޓަރު އޮފް ސައިންސް އިން އިންޓަނޭޝަނަލް އިކޮނޮމިކްސް، ބޭންކިންގް އެންޑް ފައިނޭންސް" ހާސިލް ކުރައްވާފަ އެވެ.

ޗެއާޕާސަންގެ މަގާމް ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް މިދިޔަ ފެބްރުއަރީ މަހު އިސްތިއުފާދެއްވުމުންނެވެ.

ޗެއާޕާސަން ހިމެނޭހެން ޕެންޝަން އޮފީހުގެ ބޯޑުން މެންބަރުންތަކެއް އިސްތިއުފާ ދެއްވީ ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން އުޅޭތީ އެވެ.

ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް މިއަދު ހަމަޖެއްސި މަޖީދު މިހާތަނަށް ހުންނެވީ ޕްރައިވެޓް ސެކްޓަރު ތަމްސީލު ކުރާ މެމްބަރެއްގެ ހައިސިއްޔަތުން ޕެންޝަން އޮފީހުގެ ބޯޑު މެމްބަރެއްގެ ގޮތުގަ އެވެ.

ޕެންޝަން އޮފީހުން މިއަދު ވަނީ ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ބޯޑުގެ މެންބަރަކަށް އައްޔަނުކޮށްފަ އެވެ.

ޕެންޝަން ބޯޑުގައި 8 މެންބަރުން ތިއްބަވަ އެވެ. އެއީ ޗެއާޕާސަންގެ އިތުރުން ސީއެމްޑީއޭ މެންބަރަކާއި ފިނޭންސް މިނިސްޓްރީގެ މެންބަރެއްގެ އިތުރުން ސޯޝަލް ސެކިއުރިޓީ ދާއިރާއިން ސަރުކާރު ތަމްސީލް ކުރާ އެންސްޕާގެ މެންބަރެއްގެ އިތުރުން ޕްރައިވެޓް ސެކްޓަރުގެ ހަތަރު މެންބަރުންނެވެ.

މިވަގުތު އެ ބޯޑުގައި ތިއްބެވީ ޗެއާޕާސަންގެ އިތުރުން ހަތަރު މެންބަރުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;