ads
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް
ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަކީ، ނަނާ ހުވަފެނެއް: އަބްދުއްރަހީމް
ރައީސްގެ ޑރ މުހައްމަދު މުއިއްޒުުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަކީ އިދިކޮޅު ފަރާތްތަކުން ދޭޭ ނަނަނާ ހުވެފެނެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.
Advertisement

އަބްދުއްރަހީމް މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާ އަހުމަދު ސައީދުގެ ކެމްޕޭން އައްޑޫގައި ފެށުމަށް ރޭ ބޭއްވި ޖަލސާގައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް މުއިއްޒު އިތުބާރުނެތްކަމުގެ ވޯޓް ނަގަން ވެރިކަން ކުރާ ޕީއެބްސީީގެ ބައެއްް މެމްބަރުން މަސައްކަތް ކުރިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު އިތުބާރު ނެތްކަމުގެ ވޯޓެއް މަޖލީހުގައި ނެގުމަކީ ވާނެކަމެއް ނޫންކަމަށެވެ. އަދި އެއީ އިދިކޮޅު ފަރާތްތަކުން ދެކެމުން އަންނަ ނަނާ ހުވަފަނެއްކަމަށް ވިދާޅުވެެ އެ ހުވެފެން ދެއްކުން ހުއްޓާލަން އަބްދުއްރަހީމް ގޮވާލެއްވިއެވެ. 

" އަޅުގަނޑު މިރޭ ދަންނަވައިލަން ބޭނުންވަނީ ނަނާ ހުވަފެން ނުދައްކަވާށޭ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތި ބޭފުޅުންނަކަށް ނުނެންގެވޭނެޔޭ، އެކަން ކުރަން އަޅުގަނޑުމެންނަށް ފުރުސަތެއް ނުދޭނަމޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައްޔިތުންނާއި ހައްލަން ބޭނުންވާނެ ވާހަކަ ދައްކައިގެެން ހޯދޭނެ ކާމިޔާބީ އެއް އިދިކޮޅަށް ނޯންނާނެކަަމަށް ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ތިބީ އިދިކޮޅާއި އެކު ނޫންކަމަށެވެ. އަދި ރައްޔިތުން ތިބީ  ރައީސް މުއިއްޒާއި މި ސަރުކާރާއި އެކުކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.  

އިދިކޮޅު އެމްޑީޕީން ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެނޑިޑެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުން މާބޮޑުކަމެއް ނުކުރާ ކަމަށާއި އަދި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް އެ ގޮނޑި ލިބުނުނަސް އެކަން ނުވާނެކަމަށް އަބްްދުއްރަހީމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;