ads
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ހިދުމަތް ފެށުން
ބަލިތައް އިތުރުވާތީ، ބަންދުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި
މި ދުވަސްވަރު ޑެންގީ އާއި އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާގެ ކޭސްތައް އާންމުކޮށް ފެންނަ ވަރަށް ވުރެ އިތުރުވެފައި ވާތީ އީދު ބަންދު ތެރޭގައި އެ ކަންކަމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
Advertisement

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވަނީ މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީއާއި އަރިދަފުސް ރޯގާއާއި އިންފުލުއެންޒާ އާންމުކޮށް ފެންނަ މިންވަރަށް ވުރެ އިތުރުކަން ފާހަގަވެފައިވާ ކަމަށެވެ. މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތައް ރިޕޯޓުކޮށްފައިވާއިރު، އީދު ބަންދުގައި ރަށްތަކާއި ތަންތަނަށް ޒިޔާރަތްކޮށް ހަދާއިރު، ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އެދިފައި ވެއެވެ.

އޭގެ އިތުރަށް، ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެ އެޖެންސީން އެދިފައިވެއެވެ.

އެޗްޕީއޭއިން ސަމާލުކަން ދިނުމަށް އެދުނު ބައެއް ކަންކަން:

  • ހުން އައިސް، ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތެއް ފެނިއްޖެ ނަމަ، ގޭގައި މަޑުކުރުން
  • ބަލިޖެހިގެން ހާލަތު ގޯސްވާނަމަ، އަވަހަށް ސިއްހީ ފަރުވާ ހޯދުން
  • ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން
  • ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒްކުރުން

ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރި ވުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކުރައްވާފައިވާއިރު، އާންމު ސިއްޙަތާ ގުޅުން ހުރި މައުލޫމާތު ހޯދުމުގައި ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ހިއްސަކުރާ މައުލޫމާތަށް ބަރޯސާވުމަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;