ހައްޖު މޫސުމުގައި އެންމެ ގިނަ ދަތުރުތަކެއް އޮންނަ ސަރަހައްދުތަކަކީ މިނާ، އަރަފާތު، އަދި މުޒްދަލިފާ އެވެ. މިތަންތަނަށް ދަތުރުވެރިން ގޮވައިގެން އެތައް ހާސް ބަހެއް ދަތުރުކުރަމުން އަންނައިރު މަގުތައް ތޮއްޖެހި ބޭނުންވާ ހިސާބަށް ނުދެވި މަގުތަކަށް ހައްޖުވެރިން ބާލަމުން އައުމަކީ ހައްޖު މޫސުމުގައި ވަރަށް އާއްމުކަމެކެވެ.
މި މައްސަލަތަކަށް ހައްލު ގެނައުމަށް ސައުދީ މިވަނީ ހައްޖު މޫސުމާއި ދިމާކޮށް މިނާ، އަރަފާތު، އަދި މުޒްދަލިފާއަށް މެޓްރޯ ރޭލް ދަތުރުތައް މިދިޔަ ހުކުރު ދުވަހު ފަށާފަ އެވެ.
މިހާރު ފަށާފައިވާ ދަތުރުތަކުގައި ކޮންމެ ރޭލެއްގައި 3،000 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭއިރު ގަޑިއަކު 72،000 މީހުންނަށް މި ރޭލްތަކުގައި އުފުލޭނެކަމަށް ސައުދީން ބުނެއެވެ. މި އަހަރުގެ ހައްޖު މޫސުމުގައި މި ރޭލްތަކުން 2000 ދަތުރުކުރަން ނިންމާފައިވާއިރު މީ 2 މިލިއަން މީހުން އުފުލުގެ ތަނަވަސްކަންކަމަށްް ސައުދީން ބުނެއެވެ.
މިއަހަރުގެ ހައްޖުގައި ބޭނުންކުރާ ބަސްތައް ދަތުރުތަކަށް ތައްޔާރުވެފައި...ފޮޓޯ: ހައްޖު ޖެނެރަލް ޓްރާންސްޕޯޓް ސެންޓާ / ސައުދީ
މިނާ، އަރަފާތު، އަދި މުޒްދަލިފާގެ މުހިއްްމު ތަންތަނަށް ރޭލްގެ ހިދުމަތް ފެށުމުން އާއްމުކޮށް ބޭނުންކުރަމުން އަންނަ ބަސްތަކުގެ ތެރެއިން 50،000 ގިނަ ބަސް ދަތުރުތައް މި ފަހަރުގެ ހައްޖުގައި މަދުވެގެންދާނެކަމަށާއި މިކަމުން މަގުތައް ތޮއްޖެހުން ކުޑަވެ ހިނގާފއި ދަތުރުކުރާ ހައްޖުވެރިންނަށް އެތައް ފަސޭހަތަކެއް ވެގެންދާނެކަމަށް ސައުދީން ބުނެ އެވެ.
ސައުދީ ވިޝަން 2030 ގެ ދަށުން ފެށި މި ރެއިލްގެ ހިދުމަތުގައި 18 ކިލޯމީޓަރު ދިގު ލައިންގައި ނުވަ ސްޓޭޝަނެއް ހިމެނޭއިރު، ޖަމާރަތު ސްޓޭޝަންގެ އިތުރުން އަރަފާތު، މުޒްދަލިފާ، އަދި މީނާގެ ކޮންމެ ސްޓޭޝަނެއްގައިވެސް ތިން ސްޓޭޝަން ހުންނާނެކަމަށް ސައުދީން ބުނެ އެވެ. މި ރެއިލް ދަތުރުތަކުގައި 17 ރޭލެއް ބޭނުންކުރާއިރު ކޮންމެ ރޭލެއްގެ ދިގުމިނަކީ 277 މީޓަރެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;