ads
ހައްޖުވެރިން މިނާއަށް ވަންނަނީ.. ފޮޓޯ: ސައުދީ ގެޒެޓް
މިއަހަރު ހައްޖުގައި 1.5 މިލިއަނަށްވުރެ ގިނަ ހާޖީން
މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަދަދު 1.5 މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވާނެކަމަށް ސައުދީން ބުނެފި އެވެ.
Advertisement

މިއަހަރުގެ ހައްޖު ދުވަހަކީ މާދަމާ އެވެ. މިއަހަރު ހައްޖަށް މުހިއްމު ރުކުންތައް ފެށުމުގެ ގޮތުން މިހާރު ހައްޖުވެރިން ވަނީ މިނާއަށް ވަންނަން ފަށާފަ އެވެ. ހައްޖުމެހުގެ 8 ވަނަ ދުވަހު އިރުއޮއްސެން ވާއިރަށްް ހުރިހާ ހައްޖުވެރިން މިނާއަށް ވަންނާނެ އެވެ. 

ސައުދީ ސަރުކާރުން ބުނީ އެގައުމުން ހައްޖުގައި ބައިވެރިވާ ހައްޖުވެރިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ފަހަރުގެ ހައްޖުގައި ބައިވެރިވުމަށް 1.5 މިލިއަނަށް ވުރެ ގިނަ މީހުން ސައުދީއަށް އެތެރެވެފައިވާކަމަށެވެ. އެ މީހުންނަށް ބޭނުންވާ މުހިއްމު ހުރިހާ އިންތިޒާމުތަކެއް މިހާރު މިނާ، އަރަފާތު އަދި މުޒްދަލިފާގައި ހަމަޖައްސާފައިވާކަަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ. 

މިއަހަރުގެ ހައްޖުގައި ބައިވެރިވާ ހައްޖުވެރިން މިނާގެ ފޭލިގެތަކަށް ވަންނަމުން އަންނައިރު މިރޭގެ ވަގުތުތަކުގައި ހައްޖުވެރިން އަރަފާތު ބިމަށް ދަތުރު ފަށާނެ އެވެ. އަދި މާދަމާ މެންދުރު ފަހުން ފެށިގެން އިރުއޮއްސެން ދެން ހުރިހާ ހައްޖުވެރިން އަރާފާތުގައި މަޑުކުރާނެ އެވެ. އަރާފާތުގައި މަޑުކުރުމަކީ ހައްޖުގެ ރުކުނަކަށްވާއިރު މާދަމާ އިރުއޮއްސުމުގެ ކުރިން އަރާފަތަށް ނުދެވޭ މީހަކަށް ހައްޖެއް ނުލިބޭނެ އެވެ. 

މާދަމާ ހައްޖުވެރިން އަރަފާތުގައި މަޑުކުރުމަށްފަހު އިރުއޮއްސުމުން އަރާފާތުންް ނުކުމެ މުޒްދަލިފާއަށް ވަދެ މުޒްދަލީފާގައި ރޭކުރާނެ އެވެ. އަދި އަލުން އަނބުރާ މިނާއަށް ހައްޖުވެރިން ވަންނާނީ އީދުދުވަހުގެ ފަތިސް ނަމާދަށްފަހުއެވެ. އޭގެ ފަހުން މިނާގައި އާޢްމުކޮށް ތިން ރޭ ހައްޖުވެރިން މަޑުކުރުމަށްފަހު މައްކާއަށް އެނބުރި ދާނީ ހައްޖުގެ މަހުގެ 12 އަދި 13 މި ދެ ދުވަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;