ads
ރަންވީރު ސިންގް
ރަންވީރުއާއިއެކު ބޮލީވުޑްގެ ފިލްމީ މަސައްކަތް ނުކުރަން އަންގައިފި
ބޮލީވުޑްގެ ތަރި ރަންވީރު ސިންގް އާއި އެކުގައި ބޮލީވުޑްގެ ފިލްމީ މަސައްކަތްތެރިން މަސައްކަތް ނުކުރުމަށް ބޮލީވުޑްގެ ފިލްމީ މަސައްކަތްތެރިންގެ އެންމެ ބޮޑު ޖަމިއްޔާއިން އަންގައިފި އެެވެ.
Advertisement

އެ ޖަމިއްޔާއިން ވަނީ ރަންވީރު އާއި ދެކޮޅަށް އަދި އިތުރު އެހެން ބޮޑެތި ފިޔަވަޅުތަކެއް އަޅަން ނިންމާފައި އެވެ. އެ ގޮތަށް އެ ފިޔަވަޅު އަޅަން ޖެހުނީ ފަރުހާން އަހްތަރުގެ "ޑޮން 3" އިން ރަންވީރު ކުއްލި ގޮތަކަށް ވަކިވި މައްސަލައިގައި އެވެ. 

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް ޖަމިއްޔާ ކަމަށްވާ ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯއީސް (އެފްޑަބްލިއުއައިސީއީ) އިން އަންގާފައިވާ ގޮތުގައި ބޮލީވުޑްގެ އެއްވެސް ބަޔަކު އޭނާއާއި އެކުގައި މަސައްކަތް ކޮށްގެން ނުވާނެ ކަމުގައި އެވެ. 

މިއީ ބޮލީވުޑްގެ ތާރީހުގައި ވެސް އޭ ލިސްޓެޑް ތަރިއަކާ ދެކޮޅަށް މިފަދަ ހަރުކަށި ފިޔަވަޅެއް އެޅި މަދު ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ.

މި މައްސަލަ ފެށުނީ ޝާހްރުކް ހާންގެ ބަދަލުގައި "ޑޮން 3"ގެ ލީޑު ރޯލަށް ސޮއިކޮށްފައިވާ ރަންވީރު، ފިލްމުގެ ޝޫޓިން ފެށުމަށް އެންމެ ތިން ހަފުތާއަށް ވެފައި ވަނިކޮށް ކުއްލި ގޮތަކަށް ފިލްމުން ވަކިވުމާ ގުޅިގެންނެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ރަންވީރު ފިލްމުން ވަކިވީ އޭނާގެ ފަހުގެ ފިލްމު "ދުރަންދަރު"އަށް ލިބުނު ބޮޑު ކާމިޔާބީއަށް ފަހު، "ޑޮން 3"ގެ ސްކްރިޕުޓްގައި ހުރި ބައެއް ކަންކަމާ ހާއްސަކޮށް އަނިޔާވެރި މަންޒަރުތަކާއި ބޭނުންކޮށްފައި ހުރި ބައެއް ބަސްމަގާ މެދު ހިތްހަމަނުޖެހިގެން، ސްކްރިޕްޓް ބަދަލުކުރަން އެދުމުން އެކަމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;