ads
ދިވެހި ހައްޖުވެރިން
ދިވެހި ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތުގައި: ހައްޖު މިޝަން
ދިވެހި ހުރިހާ ހައްޖުވެރިން މިހާރު އަރަފާތު ބިމަށް ގޮސްފައިވާ ކަމަށް ހައްޖު މިޝަނުން މިއަދު ބުނެފިއެވެ.
Advertisement

ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ހައްޖަށް ދިޔަ ހުރިހާ ދިވެހިން އަރަފާތަށް ދިއުމަށް ދަތުރު ފަށާފައިވަނީ ސައުދީ ގަޑިން ރޭ 9 ޖެހިއިރެވެ.

މިނިސްޓަރު މިއަދު ފަތިހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މިވަގުތު އަރަފާތު ބިމަށް ނުދެވުނީ މިނާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން އަންނަ ހާޖީއަކަށް ކަމަށެވެ.

އޭގެފަހުން، ރާއްޖެ ގަޑިން މިއަދު 11:00 ހާއިރު ހައްޖު މިޝަނުން ވަނީ، ދިވެހި ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތުގައި ކަމަށް ބުނެފަ އެވެ.

މިނާ އެކޭ އެއްގޮތަށް އަރަފާތުގައި ވެސް ހައްޖުވެރިންނަށް ވަނީ ފުރިހަމަ އިންތިޒާމުތަކެއް ހައްޖު މިޝަނުން ވަނީ ހަމަޖައްސާފަ އެވެ.

މިއަދަކީ އަރަފާތު ދުވަސް ކަމަށްވާއިރު، މިއަދު އަރަފާތު ބިމުގައި ތިބުމަކީ ހައްޖުގެ ރުކުނެކެވެ.

ރާއްޖެއަށް ލިބިފައިވާ ރަސްމީ ހައްޖު ކޯޓާއަކީ 1،000 އެވެ. ހުރިހާ ހައްޖުވެރިންވެސް ހައްޖަށް ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ. ހައްޖު ކޯޕަރޭޝަނުން ކުރިން ބުނެފައި ވަނީ މި ފަހަރު ދިވެހި ހައްޖުވެރިން ސައުދީގައި 22 ދުވަހު ތިބޭނެ ކަމަށެވެ. ހައްޖު ނިންމުމަށް ފަހު ދިވެހިން އެނބުރި ރާއްޖެ އައުމަށް ފުރާނީ އަންނަ މަހުގެ ފަހަކުން ފެށިގެންނެވެ.

ސައުދީ އަރަބިއްޔާއިން ބުނި ގޮތުގައި ބޭރު ގައުމުތަކުން 1.5 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން ވަނީ އައިސްފަ އެވެ. ސައުދީގެ ހައްޖުވެރިންނާ އެކު މި އަހަރުގެ ޖުމްލަ އަދަދު 1.6 މިލިއަނަށް ވުރެ ގިނަވާނެ ކަމަށް ލަފާކުރެވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;