މި ފަހަރުގެ ބޮޑު އީދުގެ ބޮޑު ބަންދާ އެކު، މުސާރަ ނުލިބި ލަސްވެފައިވާ ކަމުގެ ކަންބޮޑުވުން ބައެއް މުވައްޒަފުން ކުރަމުންދާ މި ދަނޑިވަޅުގައި އެ މިނިސްޓްރީގެ އިސް އޮފިޝަލަކު މީޑިއާ އަށް ވިދާޅުވީ، މުސާރަ ދޫކުރުމަށް ހަމަޖެހިފައި ވަނީ، މި މަހުގެ 28އާއި 31ގައި ކަމަށެވެ. އެއީ، އީދު ބަންދާ ގުޅިގެން އެ ދުވަސްވަރު ބޭންކުތައް ހުޅުވާފައި ހުންނާނެ ވަގުތުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން، މާލިއްޔަތު ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން މުސާރަ ދޫކުރުމަށް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ސަރުކާރުން އެކަން ކުރިއަށް ގެންދާނެކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރި އެވެ.
އީދު ބަންދާ ގުޅިގެން ސަރުކާރުގެ އޮފީސްތައް މި މަހުގެ 22 އިން ފެށިގެން ބަންދުކޮށްފައިވާއިރު، އޮފީސްތައް އަލުން ހުޅުވޭނީ 31 މެއި ގައެވެ. އަދި، ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި 28 މެއިވާ އަންނަ ބުރާސްފަތި ދުވަހު އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;