ads
ދިރާގުން ބޮޑު އީދުގައި ބޮނޑިބަތް ބަހަނީ. ފޮޓޯ/ދިރާގު
ދިރާގު އީދު ބޮނޑިބަތް ހަރަކާތަށް މިފަހަރު ވެސް ބޮޑު ތަރުހީބެއް
ދިރާގުން ބޮޑު އީދު ފާހަގަކުރުމަށް ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ "ދިރާގު އީދު ބޮނޑިބަތް" ހަރަކާތް މި އަހަރު ވެސް އާންމުންގެ ގިނަބައެއްގެ ބައިވެރިވުމާއި ތަރުހީބާއެކު ކުރިއަށް ގެންގޮސްފި އެވެ.
Advertisement

މި އަހަރު އީދު ބޮނޑިބަތް ބަހާފައިވަނީ މާލޭ ސިޓީ ކައުންސިލާ ގުޅިގެން މާލޭގަ އާއި އެޗުޑީސީއާ ގުޅިގެން ހުޅުމާލޭގަ އެވެ. 

ދިރާގުން ބުނި ގޮތުގައި މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ބޮޑު އީދުގެ އުފަލުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިކޮށް، މުޖުތަމައުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމެވެ. މިއީ ކޮންމެ އަހަރަކު ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ހަރަކާތެކެވެ.

މި ހަރަކާތުގެ އިތުރުން، ދިރާގުން ވަނީ އެކި ރަށު ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަކުރުމުގެ ގޮތުން ހިންގާ ކުލަގަދަ ހަރަކާތްތަކަށް އެކި ގޮތްގޮތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މިއީ ދިވެހިންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް އެ ކުންފުންޏަކުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ދިރާގުން އަންނަނީ އިޖްތިމާއީ އެކިއެކި ހަރަކާތްތައް ހިންގައި ދިވެހިންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ސަގާފީ ކަންކަމާއި އިޖްތިމާއީ ގުޅުން ބަދަހިކުރާ މިފަދަ ހަރަކާތްތަކަށް އެ ކުންފުންޏަކުން އަބަދުވެސް ހާއްސަ ސަމާލުކަމެއް ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;