ads
ލ. ގަން
ލ. ގަމުގައި ކަރަންޓުގައި ޖެހުނު ކުއްޖަކަށް މާލެ ގެނެސް ފަރުވާ ދެނީ
ލ. ގަމުގައި ކަރަންޓު ޖެހިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ކުޑަ ފިރިހެން ކުއްޖަކަށް އިތުރު ފަރުވާ ދިނުމަށް ޓަކައި މިއަދު މާލެ ގެނެސް ފަރުވާ ދޭން ފަށައިފި އެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި، އީދަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދިޔަ މަސައްކަތްތަކުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، 14 އަހަރުގެ އެ ކުއްޖާގެ ގައިގައި ކަރަންޓު ޖެހުނީ މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން ބޯޑު ވާގަނޑަކަށް ކަރަންޓު ނަގަން އުޅުމުގެ ތެރޭގަ އެވެ.

މި ހާދިސާގައި އަނިޔާވި ކުއްޖާ އަށް ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ އަށް މިއަދު ހެނދުނު މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

އެ ކުއްޖާ އަށް މިހާރު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގަ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;