ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ގަމުގައި ކުއްޖަކު ކަރަންޓުގައި ޖެހިގެން އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގަން ރީޖަނަލް ހޮސްޕިޓަލުގަ އެވެ. ނަމަވެސް، ހާލަތު އިތުރަށް ގޯސްވުމާ ގުޅިގެން އިތުރު ފަރުވާއަށް އިއްޔެ ހެނދުނު ވަނީ މާލެ ގެނެސްފަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި، މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫގައި ވެންޓިލޭޓަރުގައިކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ކުއްޖާގެ ގައިގައި ކަރަންޓު ޖެހުނީ މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން ބޯޑު ވާގަނޑަކަށް ކަރަންޓު ނަގަން އުޅުމުގެ ތެރޭގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;