ads
އީޔޫ އިން މި ޖޫރިމަނާ ކޮށްފައިވަނީ، ޓޭމޫގެ ޕްލެޓްފޯމުގައި ވިއްކާ ކުޑަކުދިންގެ ކުޅޭ އެއްޗިއްސާއި އިލެކްޓްރޯނިކްސް ބައެއް ސާމާނު ފަދަ ތަކެތި، އީޔޫގެ ކަސްޓަމަރުންގެ ރައްކާތެރިކަމުގެ ގަވާއިދުތަކަށް ނުފެތޭތީ
ރައްކާތެރިކަން ކުޑަ މުދާ ވިއްކާތީ ޓެމޫ 232 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ޔޫރިއަޕިން ޔުނިއަން (އީޔޫ) ގައި މަނާ މުދަލުން ކަސްޓަމަރުން ރައްކާތެރިކުރުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާކަމަށް ބުނެ، ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ވިޔަފާރިކުރާ ޕޯޓަލް ކަމަށްވާ ޓެމޫ 232 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.
Advertisement

އީޔޫގެ އެގްޒެކެޓިވް ބޮޑީން މި ބޮޑު ޖޫރިމަނާ ކަނޑައަޅާފައިވަނީ ޑިޖިޓަލް ސާވިސަސް އެކްޓް (ޑީއެސްއޭ)ގެ ދަށުންނެވެ.

މިއީ އިންޓަނެޓް ބޭނުންކުރާ ފަރާތްތައް ނުރައްކާތެރި މައުލޫމާތާއި، ސައްހަ ނޫން ނުވަތަ މިންގަނޑަށް ނުފެތޭ މުދަލުން ރައްކާތެރިކުރުމަށްޓަކައި އޮންލައިން ޕްލެޓްފޯމްތަކުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުން މަޖުބޫރުކުރާ ގަވާއިދެކެވެ.

ޔޫރަޕިއަން ކޮމިޝަން އެގްޒެކެޓިވްގެ ނައިބު ރައީސް ހެނާ ވިރްކުނެން ބުނީ، ރިސްކު އެސެސްމެންޓަކީ ހަމައެކަނި ގޮޅިއެއްގައި ފާހަގަ ޖެހުން ނޫން ކަމަށެވެ.  

މިއީ ތިން އަހަރުވެފައިވާ ޑީއެސްއޭ ގަވާއިދުގެ ދަށުން ބްރަސަލްސްއިން ޖޫރިމަނާއެއް ކަނޑައެޅި ދެވަނަ ފަހަރެވެ. މީގެ ކުރިން، މިދިޔަ އަހަރު ވަނީ އީލޮން މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" 120 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

ޓެމޫއިން ބުނީ ޖޫރިމަނާކުރުމުގެ ނިންމުން ބަލައިނުގަންނަ ކަމަށާއި، އެއީ އެކަށީގެންވާ ވަރަށް ވުރެ މާ ބޮޑު ޖޫރިމަނާއެއް ކަމަށް ދެކޭ ކަމަށެވެ. އީޔޫގެ މި ނިންމުމާއި ގުޅިގެން ޓީމޫއަށް އަންނަ އޮގަސްޓް މަސް ނިމުމާއި ހަމައަށް އެކްޝަން ޕްލޭނެއް ހުށަހަޅައި މައްސަލަ ހައްލުކުރުމަށް ފުރުސަތު އޮންނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. 

ޗައިނާގެ މަޝްހޫރު އީ-ކޮމާސް ސައިޓެއް ކަމަށްވާ "ޕިންޑުއޮޑުއޮ" ގެ ވެސް ވެރިފަރާތް ކަމަށްވާ "ޕީޑީޑީ ހޯލްޑިންގްސް" ގެ ސަބްސިޑިއަރީ ކުންފުނި "ޓެމޫ" އަކީ ޗައިނާގެ ވިޔަފާރިވެރިން މެދުވެރިކޮށް، އަންނައުނުން ފެށިގެން ގޭތެރެއަށް ބޭނުންވާ ސާމާނާ ހަމައަށް، ހެޔޮ އަގުގައި މުދާ ފޯރުކޮށްދޭތީ ވަރަށް މަގުބޫލު ކުންފުންޏެކެވެ. އީޔޫ ސަރަހައްދުގައި އެކަނިވެސް 92 މިލިއަނަށް ވުރެ ގިނަ މީހުން ޓެމޫ ބޭނުންކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;