ads
އާސަންދަ
އެންސްޕާގެ ގިނަ ހިދުމަތްތައް އާސަންދައިގެ ދަށަށް
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ކުރިއަށްގެންދާ "މެޑިކަލް ވެލްފެއާ ސްކީމް"ގެ ދަށުން ދެމުންގެންދާ ޚިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކޮށްފި އެވެ.
Advertisement

ހެލްތު މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "މެޑިކަލް ވެލްފެއާ" ގެ ނަމުގައި އެންސްޕާއިން ދެމުން ގެންދިޔަ ހުރިހާ ހިދުމަތްތަކެއް މީގެ ފަހުން ލިބޭނީ އާސަންދައިގެ ދަށުން ކަމަށެވެ. 

އެ މިނިސްޓްރީ އިން ބުނީ މާދަމާއިން ފެށިގެން ނިޒާމަށް ގެނައި ބަދަލުތަކަށް ސަރުކާރުން އަމަލު ކުރަން ފަށާނެ ކަމަށެވެ. އޭގެ ތެރޭގައި އެންސްޕާއިން ކުރިން ދިން 16 ހިދުމަތެއް ހިމެނޭ ކަމަށް އެ އިއުލާނުގައިވެ އެވެ.  

އާސަންދައިގެ ދަށަށް ބަދަލުކުރި ހިދުމަތްތައް

1. ގޯޝަން ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ބޭސް ގެނައުމާއި ފޯރުކޮށްދިނުން

2. ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުން

3. ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭހުގެ ތެރެއިން ރާއްޖެއިން ލިބެން ނެތް ނުވަތަ އެޕްރޫވުޑް ޑްރަގް ލިސްޓްގައި ނުހިމެނޭ ބޭސް ހޯދުމަށް އެދޭ މީހުންނަށް އެހީވުން

4. ރާއްޖެއިން ނުލިބޭ ބޭސް އަދި އާންމުކޮށް ބޭނުންވާ ބޭސް ހޯދުމަށް ދެވޭ ފައިސާގެ އެހީ

5. އާސަންދަ ހަމަޖެހިގެން ބޭރުން ފަރުވާ ކުރުމަށް ބޭނުންވާ މީހުންނަށް އިތުރު ޓިކެޓް ހަމަޖެއްސުން

6. ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ސިއްހީ ކަންކަމަށް ދެވޭ އެހީ

7. ޕަބްލިކް ހޮސްޕިޓަލްތަކާއި އާސަންދައިން ކަވާ ނުކުރާ ޓެސްޓްތަކާއި ތަހުލީލްތަކަށް ދޭ އެހީ

8. ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ އެކިއެކި އާލަތްތަކާއި މެޝިން (އެސިސްޓިވް ޑިވައިސަސް) އަދި މެޑިކަލް ކޮންސިއުމަބަލްސް ފަދަ ތަކެއްޗަށް ފޯރުކޮށްދޭ އެހީ

9. ދެވޭ އިތުރު ފަރުވާއެއް ނެތް ކަމަށް ކަމާބެހޭ ހާއްސަ ޑޮކްޓަރަކު ލަފާ ދިނުމުން އެނބުރި ރާއްޖެ އަންނަން ނުވަތަ ފަރުވާ ފުރިހަމަކުރުމަށްފަހު އެނބުރި ރަށަށް ދިއުމަށް ބޭނުންވާ އެހީ ބޭނުންވާ ފަރާތްތަކަށް (ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން) އެހީވުން

10. ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ފޮލޯއަޕް ހެދުން

11. އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާ ކުރުމަށް ދިއުމަށްފަހު ދިމާވާ ދަތިތަކާއި ގުޅިގެން ދެވޭ އެހީ

12. ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރިފަރަލް ހެދުން

13. ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލުކުރުމާއި ކޮންސެންޓް ނެގުން

14. މެރަނަ ސްކީމުގައި ރަޖިސްޓަރީ ކޮށްފައިވާ ދިވެހިންނަށް އެމަޖެންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މެރަނަ ސްކީމުގެ ކަވަރޭޖް ބޮޑުކޮށްދިނުން

15. ރަށަކުން ފޯމް ފުރައިދޭ ޑޮކްޓަރަކީ އެކަމުގެ ހާއްސަ ޑޮކްޓަރަކަށް ނުވާނަމަ، އިތުރު އޮޕީނިއަންނެއް ހޯދުމަށް ބަލިމީހާއަށް އެންގުމުން އިތުރު ތަކުލީފްތަކެއް ދިމާވާނަމަ އަދި ރިފާކުރަން ހުށަހަޅާ ސަބަބަކީ ރަށުން ލިބޭ ފަރުވާއަކަށް ނުވި ނަމަވެސް މާލެއިން ލިބޭ ފަރުވާއެއް ނަމަ ރިޖެކްޓްވާ ހާލަތްތައް

16. ވެލްފެއާ ސްކީމްގެ ދަށުން ލިމިޓެއް ކަނޑައަޅައިގެން ފޮނުވާ މީހުންނަށް ރީކޮންސިޑެރޭޝަނަށް ހުށަހެޅުމުން ކޮމިޓީން ރިކޮންސިޑާކުރުމަށްފަހު އެ ލިމިޓް އިތުރު ކުރުން ނުވަތަ އިތުރު އެހީ ފޯރުކޮށްދިނުން

އެ ބަދަލާ އެކު ދައުލަތުން ދޭ ބޭސްފަރުވާގެ އެހީގެ ހުރިހާ ކަމެއް އާސަންދަ ޕޯޓަލް މެދުވެރިކޮށް ދެން ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. އެންސްފާއިން ވަނީ މިކަަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް 1400 އަދި 1402 ނަންބަރަށް ގުޅުމަށް އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;