ads
ސަލީމް
ޕީއެންސީން މަޖިލިހުގެ ނައިބް ރައީސްކަމަށް ސަލީމްގެ ނަން ހުށައަޅައިފި
ރައްޔިތުން މަޖލީޙުގެ ނައިބް ރައީސްކަމުގެ މަގާމަށް ސަރުކާރު ހިންގާ އަދި މަޖިލިހުގެ ސުޕަމެޖޯރިޓީ ޕާޓީ ޕީއެންސީން އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްގެ ނަން ހުށައަޅައިފިއެވެ.
Advertisement

މިހާރު ކުރިޔަށްދާ މަޖލީހުގެ ޖަލްސާގައި މަޖިލީހުގެ ނައިބް ރައީސްކަމުގެ މަގާމަށް އަހްމަދު ސަލީމްގެ ނަން ޕީއެންސީގެ ފަރާތުން ހުށައެޅުއްވީ އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްއެވެ. އޭނާގެ ހުށައެޅުއްވުމަށް ތާއީދުކުރެއްވީ ބާރަށޫ ދާއިރާގެ މެމްބަރު އަހްމަދު ސުޖާއުއެވެ. 

އިދިކޮޅު އެމްޑީޕީންވެސް ވަނީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ނަމެއް ހުށައަޅާފައެވެ. އެގޮތުން އެ ޕާޓީން ހުށައެޅީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދުގެ ނަމެވެ. އޭނާގެ ނަން ހުށައެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާއެވެ. އެ ހުށައެޅުއްވުމަށް ތާއިދުކުރެއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހުސެއިން ސަމީރުއެވެ. 

މަޖިލީޙުގެ ގަވައިދު ބުނާގޮތުން މަޖލީހުގެ ރަޢީސާއި ނައިބު ރައީސް ހޮވާނީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. މަޖިލީހުގެ ނައިބު ރައީސް ހޮވުމުގެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާނީ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ. އެކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމާއި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ނާޒިލް އަދި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރެވެ.  

ޕީއެންސީގެ މެންބަރުން ސޮއިކުރައްވައި، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނިކޮށް އޭނާ ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;