ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ސަރަހައްދުގައެވެ. އެ މަސައްކަތް ފެށީ މާރިޗު މަހުގެ 24 ވަނަ ދުވަހު އެވެ.
އެމްޓީސީސީން ރޭ ވަނީ ބޭރުމަގުގެ މިހާރު ހަދަމުން އަންނަ ބައިގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ. އެގޮތުން ތާރު އަޅާ ނިމުމުގެ އިތުރުން ޕާކިން ޒޯނާއި ފޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ނިމި މިހާރު ކުރަމުން އަންނީ ފިނިޝިންގެ މަސައްކަތްތައް ކަމަށާއި އެ މަސައްކަތްތައް ނިންމާ ޖުލައި 26 ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ބޭރުމަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މިފަހަރު އެމަގު ނިންމާއިރު އެމަގުގައި އަންނަނީ ދިވެހި ރުއް އިންދަމުންނެވެ. އެގޮތުން ތޮއްޓާއި އިންވެގެން ގިނަ އަދަދެއްގެ ދިވެހި ރުއް މިހާރު ވަނީ އިންދާފައެވެ.
ބޮޑުތަކުރުފާނު މަގު މީގެ ކުރިންވެސް އެމަގުގައި ގަސްހުރި ނަމަވެސް މިހާރު އަލުން މަގު ނިމޭއިރު ކުރިޔަށްވުރެ ގަސް ގިނަވެ މާލޭގެ މަލަމަތި ގަސްތަކުން މާ ހިތްގައިމުކޮށް ފެންނާނެކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;