ads
ލޭގައި ހުންނަ ވައިރަސްތައް ދެނެގަންނަ، ނިނިއުކްލިއިކް އެސިޑް ޓެސްޓިން (ނެޓް) ގެ ހިދުމަތް ރާއްޖޭގައި ފެށުން
ލޭގައި ހުންނަ ވައިރަސްތައް ދެނެގަންނަ، ޓެސްޓު ހަދަން ފުރަތަމަ ފަހަރަށް ރާއްޖޭގައި ފަށައިފި
ލޭގައި ހުންނަ ވައިރަސްތައް ދެނެގަންނަ، ނިނިއުކްލިއިކް އެސިޑް ޓެސްޓިން (ނެޓް) ގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށައިފިއެވެ.
Advertisement

މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގައި ފުރަތަމަ ފަހަރަށް, ނިއުކްލިއިކް އެސިޑް ޓެސްޓިން (ނެޓް) ގެ ހިދުމަތް ފެށީ މިއަދުއެވެ. 

ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ ސީއީއޯ އިބްރާހީމް އަބަދުއްރައްޒާގު ހަލީމް ވިދާޅުވީ ނެޓް ހިދުމަތް ފެށުމަކީ ދިވެހިރާއްޖޭގެ ލޭގެ ހިދުމަތް ޒަމާނީ ފެންވަރަށް ގެންދިޔުމުގައި މިއަދު މި ހާސިލްވި ވަރަށް މުހިއްމު ތާރީހީ މަރުހަލާއެއްކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށުނު މި ހިދުމަތަކީ، ހަދިޔާކުރައްވާ ލޭގައި ހުރެދާނެ HIV، Hepatitis B (HBV) އަދި Hepatitis C (HCV) ފަދަ ބަލިތައް އާދައިގެ ޓެސްޓިންއަށްވުރެ އެތަށް ގުނައެއް އަވަހަށް ޔަޤީންކަމާއެކު ދެނެގަނެ، ލޭ އެޅުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭނުންކުރަމުން އަންނަ އެންމެ ފަހުގެ ޓެކްނޮލޮޖީކަން ހަލީމް ފާހަގަކުރެއްވިއެވެ.

your imageލޭގައި ހުންނަ ވައިރަސްތައް ދެނެގަންނަ، ނިނިއުކްލިއިކް އެސިޑް ޓެސްޓިން (ނެޓް) ގެ ހިދުމަތް ރާއްޖޭގައި ފެށުން

މިއީ ސިއްހީ ދާއިރާ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި ވައުދުފުޅުތަކާ އެއްގޮތަށް، ލޭގެ ހިދުމަތް އިތުރަށް ރައްކާތެރި އަދި ޒަމާނީ ކުރުމަށްޓަކައި، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ގެންދިޔުމަށް އެޅުނު މުހިއްމު ޤައުމީ އަދި ތާރީހީ މަސައްކަތެއްގެ ފެށުންކަމަށްވެސް އިބްރާހީމް އަބަދުއްރައްޒާގު ހަލީމް ވިދާޅުވިއެވެ. އެގޮތުން، މިއީ ލޭގެ ޚިދުމަތުގެ ޤައުމީ މިންގަނޑުތައް އަދި މޯލްޑިވްސް ތެލަސޭމިއާ މާސްޓާ ޕްލޭން 2024–2034 ގައި ކަނޑައެޅިފައިވާ އިސްތިރާޖީ މަޤްސަދުތައް ހާސިލް ކުރުމަށް އެޅުނު މުހިއްމު ގައުމީ ފިޔަވަޅެއްކަމަށްވެސް ހަލީމް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;