މަޖިލީހުގެ ނައިބް ރައީސްކަމުގެ މަގާމަށް އަހްމަދު ސަލީމްގެ ނަން ޕީއެންސީގެ ފަރާތުން ހުށައެޅުއްވީ އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްއެވެ. އޭނާގެ ހުށައެޅުއްވުމަށް ތާއީދުކުރެއްވީ ބާރަށޫ ދާއިރާގެ މެމްބަރު އަހްމަދު ސުޖާއުއެވެ.
ސަލީމަށް މަޖިލީހުގެ ނައިބު ރައީސްކަމަށް އިންތިހާބުކުރަން ސަރުކާރު ހިންގާ އަދި މަޖިލިހުގެ ސުޕަމެޖޯރިޓީ ޕާޓީ ޕީއެންސީންގެ 62 މެންބަރުން ވަނީ ވޯޓް ދެއްވާފައެވެ. ސަލީމާއި ވާދަކުރެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެޑައިގަންނަވާ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދުއެވެ. އޭނާއަށް ލިބިވަޑައިގަތީ 10 ވޯޓެވެ.
ރައްޔިތުން މަޖިލީޙުގެ ނައިބު ރައީސްކަމަށް އިންތިހާބުވި ސަލީމް މަޖލިހަށް އިންތިހާބުވެވަޑާއިގަތީ 17 ވަނަ ރައްޔިތުން މަޖިލީހަށެވެ. އޭގެ ފަހުން މެދުނުކެނޑި މިހާތަނަށް އޭނާ ގެންދަވަނީ އޭދަފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވަމުންނެވެ.
ޕީއެންސީގެ މެންބަރުން ސޮއިކޮށް، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނިކޮށް އޭނާ ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފައެވެ. ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ. މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް އިސްތިއުފާ ދެއްވިއިރު، 17 ވަނަ މަޖިލީހުގައި ނައިބު ރައީސްކަންވެސް އޭނާ ކުރެއްވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;