ads
ހިތާދޫއަށް ވަޑާއިގަތުމުން އެރަށު ޒުވާން ކުދިންކޮޅެއް ރައީސް މުއިއްޒަށް މަރުހަަބާ ކިޔަނީ
މިއަހަރުގެ ތެރޭ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުނުންކުރުން މަނާކުރާނީ
16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްތައް ބޭނުންކުރުން މަނާކުރަން ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެފްތައް ބޭނުން ނުކުރެވޭގޮތް ހެދުމަށް ކަމާއި ގުޅޭ ދާއިރާތަކާއި މަޝްވަރާކުރަމުން އަންނަކަމަށެވެ.  

" ސިވިލް ސޮސައިޓީއާ ކަމާއި ގުޅޭ ޖަމިއްޔާ ޖަމާއަތްތަކާއި އެކުވެސް މަޝްވަރާކޮށް އާއްމު ރައްޔިތުންގެވެސް ހިޔާލާ މަޝްވަރާއާއި އެކީގައި އަޅުގަނޑުމެން ކަމާއި ގުޅޭ ގާނޫނުތަކާއި ކުރަންޖެހޭ އެހެނިހެން ކަން ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ސޯޝަލް މީޑިއާގެ ކަނޑައެޅޭ ވަކި އެޕްތަކެއް 16 އަހަރުން ދަށުގެ ޒުވާނުންނަށް ބޭނުންނުކުރެވޭ ގޮތަށް މަނާކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ގަސްތުކުރަން". ރައީސް މުއިއްޒު ވިދާޅުވިއެވެ.

 

ރައީސް މުއިއްޒު ވިދާޅުވީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެފްތައް މަނާކުރަން ނިންމާފައިވަނީ އޮސްޓްރޭލިއާއިން އަޅާފައިވާ ފިޔަވަޅުތަކުގެ އަލީގައިކަމަށެވެ.

" އަޅުގަނޑު އުއްމީދުކުރަނީ އެންމެ ގިނަވެގެން އަހަރެއްހާ ދުވަސް އެންމެ ގިނަވަގެން އަދި އެއަށްވުރެވެސް އަވަހަށް ކާމިޔާބުކުރޭވޭނަމަ ހަމަ މިއަހަރުގެ ތެރޭގައިވެސް އަމަލީ ގޮތުން އެންފޯސްކުރެވޭކަމަށް 16 އަހަރުން ދަށުގެ ކުދިންނަށް އޮސްޓްރޭލިއާގައި އޮތް ފަދަ ޑިޒައިންގެ ތެރެއިން ސޯޝަލް މީޑިއާގެ އެޕްތައް ބޭނުންކުރުން ބޭންކުރުމުގައި،" ރައިސް މުއިއްޒު ވިދާޅުވިއެވެ.

މި ބަދަލުތައް ގެނައިނަމަވެސް ޑިޖިޓަލައިޒޭޝަނާއި ދުރަށް ދިއުމުގެ ވިސްނުމެތް ނެތްކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ވަނީ ހަރުކަށި ގާނޫނެއް ފާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;