ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
މިހާރު އޮތް ލިމިޓްތަކަށް މި މަސްނިމޭއިރު ބޭންކުން ލުއިދޭނެ: ރައީސް
އެކިކަން ކަމަށް ޑޮލަރު ދޫކުރުމުގައި ގައުމީ ބޭންކު ބޭންކޮ އޮފް މޯލްޑިވްސް އިން ކަނޑައަޅާފައިވާ ލިމިޓްތަކަށް މި މަސް ނިމުމުން ލުއިތަކެއް ދޭނެކަމަށް ބޭންކުން ހާމަކޮށްފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ދިވެހިން އެންމެ ގިނައި އޮންލައިން ވިޔަފާރިކުރަމުން  އަންނަ ޝީއިން އާއި ޓީމޫ ފަދަ ވެބްސައިޓްތަކުން ވިޔަފާރިކުރެވޭ މިންވަރު ވަކި އަދަދެއް ކަނޑައަޅަން ބީއެމްއެލް އިން ނިންމުމުން އެކަމާއި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

އެކަމާއި ގުޅިގެން މިއަދު ނޫސްވެރިއަކަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރަޢީސް މުއިއްޒު ވިދާޅުވީ ބޭންކުން ކުޑަ ލިމިޓްތަކެއް ކަނޑައެޅީ ބޭންކަށް ދަތިތަކެއް ދިމާވާތީކަމަށެވެ. އެހެންނަމަވެސް އެކަން މި މަސްނިމޭއިރު ރަނގުވެގެންދާނެކަމަށް ބޭންކުން ހާމަކޮށްފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" އާދެ ބޭންކް އޮފް މޯލްޑިވްސް އަށް ދަތިތަކެއް ދިމާވާތީ މިހާރު ކުޑަކޮށް ލިމިޓްކޮށްލައިގެން އެ އުޅެނީ. އެހެންނަމަވެސް އަޅުގަނޑު އިއްޔެ ބޭންކަށް ރައީސް އޮފީހުން މައުލޫމާތު ހޯދަން ބެލިއިރުގައ މި މަސްނިމޭ ހިސާބުން އިރާދަކުރެއްވިއްޔާ އަނެއްކާވެސް ވަރަށް ބޮޑުތަނުން ލުއި ކޮށްދޭނެކަމުގެ އިޝާރާތްކުރައްވާފައިވަނީ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ބޭރުގެ ސައިޓްކަުން ވިޔަފާރިކުރުމަށް ބޭންްކުން ދުވާލަކު ވަކިވަރެއްގެ ބަޖެޓެއް ކަނޑައަޅާފައިވާކަމަށާއި އެ އަދަދު ހަމަވުމުން ސައިޓްތަކުން އެދުވަހަކު ވިޔަފާރި ރާއްޖެއިން ނުކުރެވޭނެކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ. ބޭންކުން ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން މުއާމަލާތްކުރެވޭ ގޮތަށް ބަދަލެއް ގެންނަން ޖެހުނީ މެދު އިރުމަތީގެ މަސްރަހާ ގުޅިގެން ފަތުރުވެރިން ރާއްޖެ އަންނަ އަދަދު ދަށްވެ، ބޭންކް އޮފް މޯލްޑިވްސްއަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދަށްވުރެ ނިސްބަތުން ވަރަށް ބޮޑު އަދަދެއްގެ ޑޮލަރު މިފަދަ މުއާމަލާތްތައް ފުރިހަމަކުރުމަށް ބޭންކުން ވިއްކަން ޖެހިފައިވާތީކަމަށް ބޭންކުން ބުނެއެވެ.   

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;